theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / މިހާރު
ސިޔާސީ
ވޭކް އަޕް ޖަލްސާއިން ފެނިގެންދިޔައީ ރައީސް ޔާމިނަށް އޮތް ތާއިދާއި ލޯބި!
Aishath Naja
އައިޝަތު ނަޖާ
22 އޯގަސްޓު 2025

ބަޔަކު ހީކުރީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލައިގެން ރައްޔިތުން ގުނބޯ ހައްދައިގެން ތާއަބަދު އުޅެވޭނެކަމަށެވެ. ރައްޔިތުންގެ ކުރިމަތީ މިވަރު ބައެއް ދެން ނެތްކަމަށް ހެދިގެން އުޅޭއިރު ރޭ އާޓިފިޝަލް ބީޗުގައި ޕީޕަލްސް ނެޝަނަލް ފްރޮންޓުން ވޭކް އަޕްގެ ނަމުގައި ބޭއްވި ޖަލްސާއަށް ދިޔަ ރައްޔިތުންގެ އަދަދު ފެނި ތިބީ ގޮތް ހުސްވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރޭގެ ޖަލްސާގެ މަންޒަރުތައް މީސްމީޑިޔާގައި ދައުރުވާއިރު ފެންނަނީ ސަރުކާރުގެ އާދެ މުއިއްޒުގެ އަޅުންކޮޅަށް ހަޖަމް ނުވެގެން އުޅޭ ތަނެވެ.

ހަޖަމް ސިސްޓަމް އަނދާފައި އޮތަސް ދެން ކުރާނެކަމެއް ނެތެވެ. ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފޮޓޯފުޅު ދައްކަައިގެން އެމަނިކުފާނަށް އޮތް ތާއިދު ކަޓުވާލައިގެން ވެރިކަމަށް އައި ބަޔަކަށް އަދިވެސް އެމަނިކުފާނަށް އޮތް ލޯތްބާއި ތާއިދު ފެނިފައި ކޮސް ގޮވޭނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމުން ބަޔަކަށް އުނދަގޫ މިވީ ހަގީގަތް ހާމަކުރެއްވީމަކަން ސާފެވެ. ޖަލްސާގައި ސަރުކާރުގެ ކޮރަޕްޝަންތަކުގެ ވާހަކަޔާއި ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ވާހަކަތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ އޮޑި ފަލާހަށް ވެސް ހަޖަމް ނުވިކަން އަމިއްލައަށް އެކްސް ހޭންޑަލްގައި ހާމަކުރެއްވުމުން ގިނަ ބަޔެއްގެ މަލާމަތާއި ފުރައްސާރަވެސް ފަލާހަށް އަމާޒުވިއެވެ.

އާދެ ފަލާހަށް ހަގީގަތުގައި ހަޖަމް ނުވީ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރެވޭ ވާހަކަ ރައީސް ޔާމީން ދެއްކެވެމުންހެން ވަރަށް ހީވެއެވެ.

ހަޖަމް ސިސްޓަމްގެ މައްސަލަ އުޅެނީ ހަމައެކަނި ފަލާހުގެ ނޫންކަން ސާބިތުވީ ބާރަށު މައިކުގެ އެކްސް ޕޯސްޓު ފެނުމުންނެވެ. ރައ

ސިޓިން ރޫމްގައި ޕީއެންއެފުން ޖަލްސާ ކުރަނީ ރައީސް ޔާމިނަށް ތާއިދު ނެތުމުންކަމަށް މުއިއްޒުގެ ބޮޓުންކޮޅު ބުނީ ހަގީގީ މަންޒަރު އޭރު ނުފެނުމުންކަން މިއަދު ޔަގީންވެއްޖެއެވެ.

ޝިއުނާމެން ބުނެގެން ޖަލްސާގެ ހުސް ގޮނޑި ގުނަން ދިޔަ ކުދިން އެނބުރި އެ ސަރަހައްދުން ދާން ޖެހުނީ މާޔޫސްވެގެންކަމަށް ވެސް ސޯޝަލްމީޑިޔާގެ ބައެއް އެކައުންޓްތަކުން ކޮށްފައިވާ ޕޯސްޓުތަކުން ހާމަވެއެވެ.

2028 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގެ ރޭހަށް ރައީސް ޔާމީން ނިކުމެވަޑައިގަންނަވާނެކަމުގެ ބިރު މުއިއްޒާއި އޭނާގެ އަޅުންކޮޅަށް އޮތްކަން ވަރަށް ސާފެވެ. ޖަލްސާއެއް ބޭއްވުމުން އެ ޖަލްސާ އަށް ހުރަސް އަޅަން ކުރާނެ ނުކުރާނެކަމެއް ނެތިގެން އުޅުނެވެ. ހުރިހާކަމެއްވެސް ފެއިލްވީއެވެ. ރައީސް ޔާމިނަށް ތާއިދު އޮތް މިންވަރު ސާބިތުވެ ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީންގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި އަދިވެސް ގިނަ ފަރާތްތަކެއް ވަނީ ވާހަކަ ދައްކަވާފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved