April 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

‎މުއިއްޒު ވިދާޅުވާ އަބުރު ރައްކާތެރިކުރުމުގެ އެންމެ ބޮޑު މަސައްކަތެއް ކުރަނީ ޕީއެންއެފް އިން: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 25, 2025, 03:49 PM
މާލެ ސިޓީ

މުއިއްޒު ވިދާޅުވާ އަބުރު ރައްކާތެރިކުރުމުގެ އެންމެ ބޮޑު މަސައްކަތެއް ކުރަނީ ޕީއެންއެފް އިން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން، ޕީއެންއެފްއިން އަންނަނީ ސަރުކާރު ޒިންމާދާރުކޮށް ރައްޔިތުން ކުރިމަތިކުރުވާނެ ސުވާލުތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ސަރުކާރު "ޑިފެންސް ޕޮޒިޝަން" އަށް ތައްޔާރުކުރަމުން ކަމަށެވެ.

އަޅުގަނޑުމެން މިދައްކަނީ ކަންކަން ހިގާފަ ހުރި ގޮތާއި މި ކަންކަމުން ރައްޔިތުން ދެކޭނެ ގޮތްތަކުގެ ވާހަކަތައް. އަޅުގަނޑުމެން މި ވާހަކަތައް މި ދައްކަނީ މި ވާހަކަތައް ސަރުކާރުން ދިރާސާކޮށް އެ ބޭފުޅުން ޑިފެންސް ޕޮޒިޝަން އަށް ތައްޔާރުކުރުމަށް.

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޕާޓީއިން އަބަދުވެސް އިސްކަމެއް ދެއްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ އަޑު އެހުމަށް ކަމަށާއި އެހެންކަމުން ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކުގެ ވާހަކަތައް ދައްކަވަނީ ސަރުކާރަށާއި އަދި ދިވެހި ގައުމަށް ހެޔޮ ގޮތް އެދިލައްވާތީ ކަމަށެވެ.

އެހެން ނޫން ނަމަ ރައްޔިތުންގެ ތެރޭގައި ވަކި ފިކުރަކަށް ޖާގަ ފަހިވެދާނެ ކަމުގެ ބިރުވެސް އޮތް ކަމަށް ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއާއިއެކު، ރައީސް ޔާމީން ހަގީގަތާއި ޚިލާފު ވާހަކަތައް ޖަލްސާތަކުގައި ދައްކަވާ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ގޮވަމުންދާތީ އެމަނިކުފާނު ވަނީ ހިސާބު އަދަދުތަކުންނާއި ނުވަތަ ހެއްކާއި އެކު ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް މުއިއްޒަށް ޗެލެންޖްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved