March 13, 2026
Advertisement
އެމްޕީއެލް
އެމްޕީއެލް / ޕީއެސްއެމް

އިމްޕޯޓް އަދި އެކްސްޕޯޓުން އާމްދަނީ އިތުރުވެއްޖެ!

Aishath Naja
އައިޝަތު ނަޖާ
Feb 27, 2024, 01:47 AM
މާލެ ސިޓީ

މި އަހަރުގެ ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Advertisement

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 349 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ ޖަނަވަރީ މަހު މި އަދަދުވަނީ 373 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި އަދަދު ވަނީ 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

އަދި އެކްސްޕޯޓަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހު 173 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވީ ނަމަވެސް މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެކްސްޕޯޓް އުޅެނީ 251 މިލިއަނުގައެވެ.

ޖަނަވަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ޤައުމުތަކުގެ ތެރޭގައި ޔޫއޭއީ، އޮމާން،އިންޑިއާ،ޗައިނާ، އަދި ސިންގަޕޯ ހިމެނޭކަމަށް ތަފާސްހިސާބުން ދައްކައެވެ.

މީގެ އިތުރުން ޖަނަވަރީ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ބަންގްލަދޭޝް އަދި އިންޑިއާއަށް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved