March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައީސަށް، ވައްކަން ކުރަންވާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވެވުުން ތަގުރީރުން ބައެއް އުނިކޮށްފި

Aug 26, 2025, 01:46 AM
މާލެ ސިޓީ

ވައްކަން ކުރަންވާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް ވިދާޅުވެވުުން ތަގުރީރުން ބައެއް އުނިކޮށްފިއެވެ.

Advertisement

އެގޮތުން ހދ. ހިރިމަރަދޫގައި ދެއްކެވި ވާހަކަފުޅެއްގައި ވައްކަން ކުރަންވާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވާހެން ހީވާތީ އެމަނިކުފާނުގެ ތަގުރީރުން އެބައި ވަނީ އުނިކޮށްފައެވެ.

ހދ. ހިރިމަރަދޫގައި ކުދި ރަށްރަށުގެ އާބާދީ އެހެން ރަށަކަށް ބަދަލު ކުރުމުގެ މައުޟޫއަށް ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށްޓަކައި މިކަހަލަ ވައްކަމެއް ކުރިއަށް ގެންދަންވާނެ ކަމަށް ވިދާޅުވެވިފައިވާ ކަމަށް ލަފާކުރެވޭތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލުންނާ ޕަބްލިކް ސާވިސް މީޑިއާގެ މަންސަތަކުންނާ އަދި ރައީސް އޮފީހުގެ ވެބްސައިޓަށް އަޕްލޯޑު ކުރި ތަގުރީރުގެ ޓްރާންސްކްރިޕްޓުން ވެސް ވަނީ ތަގުރީރުގެ އެބައި އުނިކޮށްފައެވެ.

ބެލެވޭ ގޮތުގައި އެމަނިކުފާނު ވިދާޅުވާން އުޅުއްވީ "ރައްޔިތުންނަށްޓަކައިކަން މިކަހަލަ ވަކި ކަމެއް ކުރިއަށް ގެންދަންވާނީ"، އެހެންނެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނާ އިތުރަށް ސުވާލުކޮށްލުމުން އަދި ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved