

މުއިއްޒު ސަރުކާރުގެ ބިޔަ ބޮޑު މަޝްރޫއުކަމަށް އިއުލާނުކުރީ ރަސްމާލެ ނަމަވެސް ފެންނަނީ ކޮންމެ ރަށެއްގައި ވެސް އޭޓީއެމް ގާއިމުކޮށް އޭގެ ރިބަން ކެނޑުމަށް މުއިއްޒު އުޅުއްވާ މަންޒަރެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާ ދުވަސްވަރުކަމުން މިފަހަރުވެސް ރައްޔިތުން ގުނބޯ ހައްދައިގެން ސަރުކާރުކޮޅަށް ވޯޓު ހޯދުމަށް މުއިއްޒު އަތުކުރި އޮޅާލެއްވީއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކަށް ވަޑައިގެން އެންމެ ފުރަތަމަވެސް އޭޓީއެމެއްގެ ރިބަން ކަނޑާ މަންޒަރު ނޫން އެހެން މަންޒަރެއް ނުފެނެއެވެ.
މުއިއްޒު ދާދި ފަހުން ބ. އަތޮޅާއި އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ އިތުރުން މިހާރު ހދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ވެސް އެންމެ ބޮޑަށް ފާހަގަވާ ކަމަކީ އޭޓީއެމް މެޝިން ހުޅުއްވައިދެއްވުން ކަން ގިނަ ބަޔަކު ފާހަގަކޮށް އެއީ ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި ކުރަން ޖެހޭ ކަމެއްތޯ ވެސް ސުވާލުކޮށް ޖޯކު ޖަހާ މަންޒަރުވެސް މަދެއް ނޫނެވެ.
އޭޓީއެމް މެޝިން ގެ ޚިދުމަތް ރާއްޖޭގައި ދެމުން އަންނަތާ އެތައް އަހަރެއްވެފައިވާއިރު ރާއްޖޭގެ ބޮޑެތި ހުރިހާ ރަށެއްގައިހެން މި ޚިދުމަތް ދެމުން އަންނަ އިރު، އަދި ބީއެމްއެލް އިން ބަހައްޓާ މެޝިންތަކަކީ ސަރުކާރުގެ އެއްވެސް ދައުރެއް ނެތި، ޚަރަދެއް ވެސް ކުރަން ނުޖެހޭ އެއްޗަކަށް ވާއިރު މުއިއްޒު ކުރައްވާ ކަމެއްގެ ގޮތުގައި މިކަން ދައްކަވަން މިއުޅުއްވާ ސަބަބާ ބެހޭ ގޮތުން ވެސް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.
މީގެއިތުރުން ބައެއް ރަށްރަށުގައި އޭޓީއެމް ބެހެއްޓިފައި ހުންނަތާ ތިން ހަތަރު އަހަރު ވެފައިވާއިރުވެސް އެ ރަށްރަށުގެ އޭޓީއެމް ބެހެއްޓީ މުއިއްޒުކަމަށް ދެއްކެން ރިބަން ކަނޑާކަން ވެސް ހާމަވެފައިވެއެވެ.
އެގޮތުން މަކުނުދޫގައި އޭޓީއެމް ބެހެއްޓިފައި ހުންނަތާ ވަރަށް ގިނަ ދުވަސްވެފައިވާކަމަށާއި އެކަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައިކަމަށް އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ރާއި ވަނީ ވިދާޅުވެފައެވެ. މި ހުންނަނީ މުއިއްޒު ސަރުކާރުން ހަގީގަތް އޮޅުވާލާ މިންވަރެވެ.
ކްރެޑިޓް ނެގުމަކީ ކުޑަކުދިންގެ އަމަލެއްކަމަށް މުއިއްޒު ވިދާޅުވިއިރު މުއިއްޒަކީ އެހެންވެއްޖާ ހަމަ ކުޑަކުއްޖެކެވެ.
އޭޓީއެމް ބެހެއްޓުމަކީ ކުޑަކަމެއް ނޫންކަން އާދެ އަޅުގަނޑުމެންނަށް ވެސް އެނގެއެވެ. މައްސަލައަކީ އޭޓީއެމް ބެހެއްޓުމެއް ނޫނެވެ. މައްސަލައަކީ އެ އޭޓީއެމްތައް ހުޅުވަން މުއިއްޒު ވަޑައިގަންނަވާތީއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން 103 އޭޓީއެމް އަންނަ އަހަރު ގާއިމު ކުރުމުގެ މަޝްރޫއެއް ބީއެމްއެލް އިން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ.
އެ މަޝްރޫއު ފެށިއިރު ޖުމްލަ 90 ރަށުގައި ބީއެމްއެލްގެ 150 އޭޓީއެމްއަކުން ހިދުމަތް ދެމުން ދިޔަ އެވެ. އެ އޭޓީއެމްތަކުގެ ބޭނުން އަހަރެއްގެ މައްޗަށް 15 މިލިއަން ފަހަރު ކަސްޓަމަރުން ބޭނުން ކުރެ އެވެ.
ރައީސެވެ. އެހެންބަޔަކު ހަދާ ނިންމާފަ ހުންނަ ތަންތަނަކީ ތިމާ މީހާ ހެދި ތަންތަންކަމަށް ހަދައިގެން އުޅުމަކީ އައްޗިކަމެކެވެ.