

ނިޔާވި ޕޮލިސް ސާޖެންޓް މުހައްމަދު އަރުޝަދަކީ ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާނުގެ ކާރު ޑްރައިވަރުކަން ހާމަވެއްޖެއެވެ.
އަރުޝަދު، ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އަންގާރަ ދުވަހުގެ ހެނދުނުއެވެ. ފުލުސް އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ ހެންޑްލްތަކުން، އަރުޝަދު ނިޔާވުމާ ގުޅިގެން ތައުޒިޔާ ކިޔާފައިވެއެވެ. ނިޔާވި އިރު އަރުޝަދުގެ އުމުރަކީ 37 އަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އޭނާ ނިޔާވީ ނޭވާލާން ދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ތަނާ ކުއްލި ގޮތަކަށެވެ.
އެހެންނަމަވެސް އަރުޝަދުގެ ގާތް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ސިއްހީ މައްސަލައެއް ހުންނަކަން ފާހަގަވެފައެއް ނުވެއެވެ.
އަރުޝަދަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި ފުލުހެކެވެ.