March 12, 2026
Advertisement
.
. / މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން

ނޫސްވެރިން ހައްޔަރުކުރުން ސީޕީޖޭއިން ކުށްވެރިކޮށްފި!

Aishath Naja
އައިޝަތު ނަޖާ
Aug 28, 2025, 12:11 AM

މީޑިޔާ ކޮންޓްރޯލްކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް މުޒާރަހާ ކުރި ނޫސްވެރިން ހައްޔަރުކުރި މައްސަލަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ކުށްވެރިކޮށްފި އެވެ.

Advertisement

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ސީޕީޖޭ އިން ބުނީ، ބިލާ ދެކޮޅަށް މުޒާހަރާ ކުރި ނޫސްވެރިން ހައްޔަރު ކުރުމުން ކަންބޮޑުވާ ކަމަށެވެ. އަދި ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންކަން ފާހަގަ ކުރުމުން ނޫސްވެރިންނަށް އަމާޒުކޮށް ފިޔަވަޅު އެޅުމަކީ ބޮޑު ގޯހެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެެއެވެ.

ނޫސްވެރިން މިއަދު ރައީސް އޮފީސް ކައިރިއަށް މުޒާހަރާ ކުރަން ދިޔައީ ބިލު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. މިއަދު ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ސިޓިޒެން ނޫހުގެ މޫސާ ރަޝީދު، އަދަދު ނޫހުގެ އަހުމަދު އާއިދު އަދި އެމްވީ ޕްލަސްގެ ލަމްޔާ އަބްދުލްހާދީ އަދި ދައުރު ނޫހުގެ މުޒައްޔިން ނާޒިމް ހިމެނެ އެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ބީރު ކަންފަތް ދެމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved