March 28, 2026
Advertisement
"ވޭކްއަޕް"ގެ ނަމުގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅުދައްކަވަނީ
"ވޭކްއަޕް"ގެ ނަމުގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅުދައްކަވަނީ / އަދަދު

ރައީސް ޔާމީން ރައީސް މުއިއްޒަށް: އެހެން މީހުންނަށް ރައްދު ނުދެއްވާ، ފުރަތަމަ ރައްޔިތުންގެ އިތުބާރު ހޯއްދަވާ!

Mariyam Isaadha
މަރިޔަމް އިސާދާ
Aug 28, 2025, 04:06 AM
މާލެ ސިޓީ

ސަރުކާރަށް ކިޔަމުންދާ ފަޑަށް ރައްދު ދިނުމުގެ ބަދަލުގައި ގައުމުގެ ރައްޔިތުންގެ އިތުބާރު ހޯދަން ރައީސް މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރެއްވުން މާ އައުލާކަން ބޮޑުކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ގާސިމް އިބްރާހިމަށް ދިން ބަދަލަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ ސެޓްލްމަންޓު އެގްރިމަންޓަކީ ކޮންމެ ސަރުކާރަކުން ހިންގި ނަމަވެސް ބޮޑު ޖަރީމާއެއް ކަމަށާ އެގޮތުން އެ އެގްރިމަންޓުން ދެކޮޅަށް ވެސް ބައި އެޅިގެން ދާނެ ކަމަށެވެ.

އެކަން ރައްޔިތުންނަށް ސިއްރުކުރުމަށްފަހު މި ސަރުކާރުން ގާސިމް އިބްރާހިމަށް ދިން ބަދަލަކީ ހައްގު ބަދަލެއް ނޫން ކަމަށާ ސަބަބކީ ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރަން ގާސިމް ކުރި އިންވެސްޓްމަންޓެއް ނެތުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން ރައްޔިތުންގެ ފައިސާއިން ކުރަމުންދާ ވައްކަންތައް ހާމަވެ ނިއުޅެމުންދާން ފެށުމުން ރައްޔިތުން އެވާހަކަ ދައްކާނެ ކަމަށާ އެ ތުހުމަތުތަކުން ބަރީއަވެ ޖަވާބުދާރީވުމަކީ ވެރިންގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވެރިންނަށް އެ ތުހުމަތުތަކުން ބަރިއަ ނުވެވުމުން އެނގިގެން ދަނީ ސަރުކާރަށް ރައްޔިތުން ކުރާ ކޮރަޕްޝަނާ ވައްކަމުގެ ތުހުމަތުތަކަކީ ސައްހަ ތުހުމަތުތަކެއް ކަން ވެސް އެނގޭ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެންކަމުން ރައްޔިތުންނާ އަދި ޖަވާބުދާރީ ކުރުވަން ތިބި ސިޔާސީ މީހުންނަށް ރައްދު ދިނުމުގެ ބަދަލުގައި ރައީސް މުއިއްޒު ރައްޔިތުން އިތުބާރު ހޯދާ އެ އިތުބާރު ދަމަހައްޓަން މަސައްކަތްކުރުން ބުއްދިވެރި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ބޮޑު އަބުރުފުޅެއް އޮވެގެން އުޅޭކަމުގައި ވަނީ ނަމަ އެފަދަ ބޭފުޅުން އާންމުންނަށް ޚިދުމަތްކުރަން ނައިސް ގޭގައި މަޑުކޮށްލުން ރަގަޅު ކަމަށެވެ. ރައްޔިތުންގެ ވަޒީފާގައި ތިބޭ ރައްޔިތުންގެ ޚާދިމުންނާ މެދު ރައްޔިތުން އަޑު އުފުލާނެ ކަމަށާ އެއީ ގާނޫނު އަސާސީގެ 4 މާއްދާއިން ލިބޭ ހައްގެންކަންވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved