April 4, 2026
Advertisement
މަކުނުދޫ ފަޅުމައްޗަށް ނެރެފައި ހުރި ހުސް ގޮނޑި
މަކުނުދޫ ފަޅުމައްޗަށް ނެރެފައި ހުރި ހުސް ގޮނޑި / ސޯޝަލް މީޑިއާ

މަކުނުދޫ ފަޅުމަތިންވެސް ރައީސް މުއިއްޒުއަށް ދައްކާލީ ރައީސް ޔާމީންގެ ހުސްގޮނޑި ކޮޅު!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 27, 2024, 03:34 AM
މާލެ ސިޓީ

އުތުރުގެ ރަށްތަކަށް ކުރަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. މަކުނުދޫއަށް ވަޑައިގެންނެވިއިރު މަލަމަތިން އެންމެ ފުރަތަމަވެސް ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންއަށް ޚާއްސަކޮށްފައިވާ ހުސް ގޮނޑިކޮޅުކަން ހާމަވެއްޖެއެވެ.

Advertisement

ޗެނަލް13އަށް މައުލޫމާތު ލިބުނު ގޮތުގައި ރައީސް މުއިއްޒު ވަޑައިގަންނަވާ ގަޑިއާ ދިމާކޮށް އެރަށުގައި ތިބި ރައީސް ޔާމީންގެ ސިޔާސަތަށް ތަރުހީބު ކުރާ އަދި ރައީސް ޔާމީންއަށް ސަޕޯޓުކުރާ މެމްބަރުންވަނީ މަކުނުދޫ ފަޅު މައްޗަށް ރައީސް ޔާމީންއަށް ޚާއްސަ ގޮނޑިކޮޅު ނެރެ ބަހައްޓާފައެވެ.

ރައީސް މުއިއްޒު މަޖިލިސް އިންތިހާބާ ދިމާކޮށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގިނަ ރަށްތަކުން ވަނީ ރައީސް ޔާމީންގެ ގޮނޑިކޮޅު މަތިން ހަނދާން އައު ކޮށްދީފައެވެ. އެއާއެކު ރައީސް ޔާމީން މިިނިވަންކުރުމުގެ ވާހަކައާ އެމަނިކުފާނަށް އިންސާފު ނުިލިބި ލަސްވާ ވުމުގެ ކަންބޮޑުވުމުގެ އިތުރުން އިންސާފު ހޯދައިދޭނެކަމަށް ވިދާޅުވާ އަޑު ގަދަކުރަމުންކަން ފާހަގަކޮށްލެވެއެވެ.

މިހާރު ފެންނަމުން މިދާ މަންޒަރުތަކުން ދޭހަވަނީ ރައްޔިތުން ސަރުކާރު މަތިން އުއްމީދު ގެއްލި މާޔޫސްވެއްޖެ ކަން ކަމަށެވެ. ރައީސް މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުމުން ހިތަދޫ ދާއިރާ ރައްޔިތުންވެސް ވަނީ އެމަނިކުފާނުގެ ބައްދަލުވުން ބޮއިކޮޓުކޮށްފައެވެ.

ރައީސް ޔާމީން މިނިވަންކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދަށްވާއިރު ގިނަ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ރައީސް ޔާމީން މިނިވަންކުރުމުގެ މުގާބިލުގައިކަމަށް ވެފައި އެކަން އެގޮތަށް ނުވުމުން ރައްޔިތުން ވަނީ ސަރުކާރާ މެދު ވަރަށް ބޮޑަށް ނުރުހިފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved