April 3, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

އަމްބާނީ އާއިލާއިން އެތެއް ވަގަށް ނަގައިގެން ކަމަށް ބުނެ އިންޑިއާގައި މުޒާހަރާ ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 31, 2025, 02:01 AM
މާލެ ސިޓީ

އަމްބާނީ އާއިލާއިން އެތެއް ވަގަށް ނަގައިގެން ކަމަށް ބުނެ އިންޑިއާގައި މުޒާހަރާ ކުރަމުންދާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

އިންޑިއާގެ ބައެއް ހިސާބުތަކުގައި މީހުން މުޒާހަރާ ކުރަނީ މަހާރާޝްތުރާގެ މަޝްހޫރު ފައްޅީގެ އެތެއް އަނަންތު އަމްބާނީ (މުކޭޝް އަމްބާނީގެ ދަރިފުޅު) ވަންތަރާގައި ހިންގާ އެނިމަލް ރެސްކިއު މަރުކަޒަކަށް ބަދަލުކުރުމުންނެވެ.


މަހާދޭވީ (މަދޫރީ) ނަމަކަށް ކިޔާ މި އެތް ގެންދިޔައީ އާތުރައިޓިސް ފަދަ ސިއްހީ މައްސަލަތަކެއް ހުރުމުން ކަމަށް ބުނެފައިވެއެވެ. އެކަމަކު ގިނަ ލޯކަލް ރައްޔިތުންނާއި ޖައިން ކޮމިއުނިޓީގެ މެމްބަރުން ކަންބޮޑުވެ، އެ އެތަކީ ސަލާމަތުން ހުރި ފިރިހެން އެތެއް ކަމަށް ބުނެ އެވެ. އެ އެތް އަބުރާ ގެނައުމަށް އެދި 1.25 ލައްކައަށް ވުރެ ގިނަ މީހުންގެ ސޮއި އެއްކޮށްފައިވެ އެވެ.

ހަމައެއާއެކު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ވަންތަރާގެ މައްސަލަ ތަހުގީގު ކުރުމަށް އަމުރުކޮށްފަ އެވެ. އެތަނުގެ ޖަނަވާރުތަކަށް ރަނގަޅަށް ފަރުވާ ދެމުންދާތޯއާއި ބައެއް ޖަނަވާރުތައް ގެންދިޔައީ ގަވާއިދާ ހިލާފަށްތޯ ސުވާލު އުފެދޭ ކަމަށާއި މި މައްސަލަތައް ބެލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved