theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ސިޔާސީ, ހަބަރު
ކޮންޓްރޯލް ބިލް އަނބުރާ ގެންދިޔުމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ގޮވާލައިފި
31 އޯގަސްޓު 2025

މީޑިޔާ ކޮންޓްރޯލް ބިލަކީ މިނިވަން މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ ބިލު މަޖިލހުން ބޭރުކޮށްލަން ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ވެސް ގޮވާލައިފި އެވެ.

"ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން ބުނީ އާ މީޑިއާ ބިލުގައި ކަންބޮޑުވާ ކަންކަން އެބަ ހުރި ކަމަށާއި އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށެެވެ.

އާރުއެސްއެފް އިން ބުނި ގޮތުގައި މީޑިއާ ރިފޯމު ކުރުމުގެ ނަމުގައި ހުށަހަޅާފައިމިވާ ބިލަކީ މީޑިއާއަށް ސަރުކާރުގެ ނުފޫޒު ހިންގަން ހުށަހަޅާފައިވާ ބިލެކެވެ.

މީޑިއާތަކާ މަޝްވަރާނުކޮށް ހުށަހަޅާފައިވާ މި ބިލު މަޖިލީހުން ބަލައިގަތީ ދައުރުން ބޭރުގައި މަޖިލީހުން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ފުރިހަމަ ތާއީދާއެކު އެވެ.

އެ ބިލު ބަލައިގަނެ، ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ. އަދި އެ ބިލަށް އާންމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކޮމިޓީން ހުޅުވާލުމަށް ފަހު އަންނަ މަހުގެ 15 އަށް ބިލުގެ މަސައްކަތް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އާރުއެސްއެފް އިން ބުނީ ސަރުކާރުން މީޑިއާ ކޮންޓްރޯލްކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ބިލު އޮތުމަކީ ގައުމުގެ މިނިވަން މީޑިއާއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

އާރުއެސްއެފްގެ ބަޔާނުގައި ވަނީ ސަރުކާރުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މަޖިލީހުގެ ތަޅުމުގައި ނޫސްވެރިން ޖަލަށް ލާންވީ ނޫން ކަމަށާއި އުލުބައިންދަންވީ ކަމަށް ބުނެ ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެމްޖޭއޭ އިން ދެއްކި ވާހަކަތައް ވެސް ފާހަގަކޮށްފަ އެވެ.

ބިލު އަނބުރާ ގެންދިއުމާ އެކު ނޫސްވެރިންނާއި ޖަމިއްޔާތަކާ އެކު މަޝްވަރާކޮށްގެން ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ބިލެއް ހެދުމަށާއި އަމިއްލައަށް ރެގިއުލޭޓް ކުރުމުގެ ނިޒާމެއް ކަށަވަރުކުރުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފަައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އެ ބިލު އަނބުރާ ގެންދަން ގޮވާލިއިރު އެ ބިލު މަޖިލީހުން ބޭރުކުރަން އެމްޖޭއޭ އާއި އިތުރު 20 ޖަމިއްޔާއަކުން ވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved