April 18, 2026
Advertisement
.
. / ޕޮލިސް މީޑިޔާ

ބަނގުރާ ވިއްކާކަމުގެ ތުހުމަތުގައި ލަންކާއަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށްފި

Aug 31, 2025, 08:12 PM

ބަނގުރާ ވިއްކުމުގެ ތުހުމަތުގައި ސްރީ ލަންކާއަށް ނިސްބަތްވާ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

Advertisement

ފުލުހުން މިއަދު ބުނީ ބަނގުރާ ވިއްކުމުގެ އިތުރުން އެ ތަކެތި ގެންގުޅެ، ބޭނުންކުރުމުގެ ތުހުމަތު ވެސް މި ތިން މީހުންނަށް ކުރެވޭ ކަމަށެވެ. އޮގަސްޓު 27، ގައި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މި ތިން މީހުން ހައްޔަރުކުރީ ގެއަކާއި ސައިކަލެއް ބަލައިފާސްކުރުމަށްފަހު އެވެ.

ބަލައިފާސްކުރި ތަންތަނުން 19 ފުޅި ބަނގުރަލާއި 12 ދަޅު ބިޔަރު ވަނީ އަތުލައިގެންފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސެނިތު ހެޝަން ވިކްރަމަސިންހަ، 29، އާއި ދުލިތު މަޑުސާކާ، 39، އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން، 24، އެވެ. ފުލުހުން ބުނީ އެ ތިން މީހުން ވެސް މިހާރު ވަނީ ޑީޕޯޓް ކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ.

އެއީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ މީހުން ޑީޕޯޓް ކުރި ނަމަވެސް މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved