theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކޮލަމާ ބޯޓު / އަދަދު
ހަބަރު
"ކޮލަމާ" ބޯޓު ފެނިއްޖެ، ނިޔާވެފައިވަނީ އެފްއެސްއެމްގެ ޑީއެމްޑީގެ ބައްޕާފުޅު
Mariyam Isaadha
މަރިޔަމް އިސާދާ
01 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ގއ. ކޮލަމާފުއްޓާ މާލެއާ ދެމެދު ދުއްވާ "ކޮލަމާ" ބޯޓު ރެއިން ފެށިގެން ގެއްލެމުން ހޯދަމުން ދަނިކޮށް ފެނުނުއިރު ބޯޓުގެ ކެޕްޓަން އަދި މި ސަރުކާރުގެ އެފްއެސްއެމްގެ ޑީއެމްޑީ ޝުއާއުﷲ ސައީދުގެ ބައްޕާ ނިޔާވެފައި އޮއްވާ ފެނުނުކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރޭ ލ. އަތޮޅުން ފުރައިގެން ހުވަދޫއަށް ދަތުރުކުރަނިކޮށް ގެއްލުނު "ކޮލަމާ" ބޯޓު ފެނިފައިވަނީ، އެކެފަރާ ސަރަހައްދުން ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ބޯޓު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ 1:25 ގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ބޯޓުގެ ކެޕްޓަން ޕޮލިސް ލޯންޗުގައި ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ. ކެޕްޓަނަށް ފަރުވާ ދެނީ ކިހިނެތް ވެގެން ކަމެއް އަދި އޭނާ އެ ހާލަތަށް ދިޔައީ ކޮން ކަމަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. .މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު ކެޕްޓަންއަކީ ޑީއެމްޑީ ޝުއާއުﷲ ސައީދުގެ ބައްޕާފުޅު ގއ. ކޮލަމާފުށި، ދޮންވެލި، އާދަމް ސައީދެވެ.

ބޯޓު ލ. އަތޮޅުން ފުރީ ރޭ 10:00 ހާއިރުއެވެ. މާލެ އިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ފުރި ފަހުން އެއްވެސް ހަބަރެއް ނުވާތީ މިއަދު ސިފައިން ވެސް އެ ބޯޓު ހޯދަން މަސައްކަތް ކުރިއެވެ.

މިހިތާމަވެރި ވަގުތުގައި އެފްއެސްއެމްގެ ޑީއެމްޑީ ޝުއާއުﷲ ސައީދަށާ އެއާއިލާއަށް ތޭރަ އޮންލައިންގެ މެނޭޖުމަންޓުގެ ނަމުގައި ތައުޒިޔާ އަރިސްކުރަމެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved