April 18, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ފެނަކައަށް އާ ޗީފް ފައިނޭންޝަލް އޮފިސަރެއް!

Sep 2, 2025, 06:22 AM

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމަށް މީހަކު އައްޔަންކުރިކަން ހާމަވެއްޖެެއެވެ.

Advertisement

ފެނަކައިގެ ސީއެފްއޯގެ މަގާމަށް އައްޔަންކޮށްފައި ވަނީ މުހައްމަދު ޖިހާދު އެވެ.

މިކަން ހާމަވެފައިވަނީ ޖިހާދު އެ މަގާމަށް އައްޔަންކުރުމުން އެކަމަށް މަރުހަބާ ކިޔައި އެ ކުންފުނިން ކުރި ޕޯސްޓަކުންނެވެ.

ޖިހާދަކީ ފެނަކައިގެ ޗީފް ރިސޯސް އޮފިސަރު (ސީއާރްއޯ)ގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމެންޓާއި ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ އިތުރުން ލޮޖިސްޓިކްސް ޑިޕާޓްމެންޓު އަދި ރިޕެއާ އެންޑް މެއިންޓެނެންސްގެ އެންމެހައި ކަންކަން ހިންގަމުން ދިޔައީ އޭނާގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކިކުރި ކަމެއް އަދި ސާފުވެފައިނުވެއެވެ.

ފެނަކައިގެ ސީއެފްއޯގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަބްދުﷲ ވަހީދު އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. ފެނަކައިގެ ސީއެފްއޯގެ މަގާމު ބަދަލު ކޮށްފައި މިވަނީ ކީއްވެ ކަމެއް އެ ކުންފުނިން ހާމަކޮށްފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved