theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކެއުމަށް ބޭނުންކުރާ ތަކެތީގެ އަގު އުފުލިއްޖެ / އަވަސް.އެމްވީ
ހަބަރު
ކެއުމަށް ބޭނުންކުރާ ތަކެތިން އަގުތައް އުފުލިއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
03 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ޖޫން މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު، ކާތަކެތީގެ އަގުތައް، މައތިވެފައިވާކަން ހާމަވެއްޖެއެވެ.

މާލޭގައި ޒަރޫރީ ތަކެތީގެ އަގުތަކަށް މިދިޔަ މަހު އައި ބަދަލުތަކާ ގުޅޭ ގޮތުން ސްޓެޓިސްޓިކްސް ބިއުރޯއިން އެކުލަވައިލައިފައިވާ އެސެންޝަލް ކޮމޯޑިޓީސް ޕްރައިޒް އިންޑެކްސްއިން ދައްކާ ގޮތުގައި، މިދިޔަ މަހު ޒަރޫރީ ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ.

އެގޮތުން، މި އަހަރުގެ ޖުލައި މަހުން އޮގަސްޓު މަހަށް، ޒަރޫރީ ތަކެތީގެ އަގު ވަނީ 1.19 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު މިދިޔަ މަހު އަގުތައް ހުރީ 1.92 ޕަސެންޓް އުފުލިފައެވެ.

އޭގެ ތެރެއިން ކެއުމަށް ބޭނުން ކުރާ ތަކެއްޗަށް ބަލާއިރު، ޖުލައި މަހުން އޮގަސްޓު މަހަށް އަގުތައް ވަނީ 1.62 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު ފަރަގު ވަނީ ބޮޑުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު މި އަހަރުގެ އޮގަސްޓު މަހު އެ އަގުތައް ވަނީ ދެ ޕަސެންޓް އިތުރުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑަށް އުފުލިފައިވަނީ މޭވާގެ އަގެވެ. އެގޮތުން މަހުން މަހަށް 6.13 ޕަސެންޓުގެ އިތުރުވުމެއް އައިއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު 10.2 ޕަސެންޓުގެ އިތުރުވުމެއް ދައްކައެވެ.

ހަމަ އެހެންމެ ތަރުކާރީގެ އަގަށް ބަލާއިރު، މިދިޔަ ޖުލައި މަހުން އޮގަސްޓު މަހަށް 2.23 ޕަސެންޓަށް އަގުތައް އުފުލުނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މިދިޔަ މަހު ތަރުކާރީގެ އަގު ވަނީ 6.32 ޕަސެންޓް ދަށްވެފައެވެ.

މީގެ އިތުރުން ކިރާއި ކިރުން ތައްޔާރުކުރާ ތަކެއްޗާއި ބިހުގެ އަގުތަކަށް ޖުލައި މަހުން އޮގަސްޓު މަހަށް 0.53 ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވެއެވެ. އެއީ އޮގަސްޓު 2024އިން އޮގަސްޓު 2025ގެ ނިޔަލަށް 4.04 ޕަސެންޓުގެ އިތުރުވުމެކެވެ.

މަހުގެ ބާވަތްތަކަށް ބަލާއިރު ޖުލައި މަހުން އޮގަސްޓު މަހަށް، 0.72 ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވާއިރު އެއީ، އޮގަސްޓު 2024އިން އޮގަސްޓު 2025އަށް ބަލާއިރު 0.49 ޕަސެންޓުގެ އިތުރުވުމެއްކެވެ.

ނަމަވެސް އެއްގަމު މަހުގެ ބާވަތްތަކުން ޖުލައި މަހުން އޮގަސްޓު މަހަށް އަގުތައް ވަނީ ދަށަށް ޖެހިފައެވެ. އެގޮތުން 0.78 ޕަސެންޓުގެ ދަށްވުމެއް ފާހަގަވެފައިވެއެވެ.

ކަން މިހެން ހުރިއިރު، ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވެފައި، ކާބޯތަކެތީގެ އަގު، ހާއްސަކޮށް މޭވާއާއި ތަރުކާރީގެ އަގު އަތްނުފޯރާ ފަށަށް އަރަމުންދާ ކަމުގެ ކަންބޮޑުވުން އޮތީ އިތުރުވެފައެވެ.

ހާއްސަކޮށް ދިވެހީން އެންމެ ގިނައިން ކާން ބޭނުންކުރާ އާފަލާއި އޮރެންޖުގެ އަގު އުފުލި، ކެފޭ ރެސްޓޯރެންޓުތަކުން ވެސް އަގުތައް ބޮޑުވަމުން އަންނަކަން ތަފާސްހިސާބުން ދައްކައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved