July 9, 2026
Advertisement
ނަފާ ނަސީމް
ނަފާ ނަސީމް / ސޯޝަލް މީޑިއާ

ނަފާ ނަސީމުގެ މަޖާޒީ ފާޑުކިޔުމެއް ސަރުކާރަށް!

Jul 8, 2026, 08:39 PM
މާލެ ސިޓީ

ސަރުކާރުގެ ސިޔާސީ މަޤާމުތައް އިތުރުވަމުންދާ ދިއުމާއި، ދައުލަތުގެ ޚަރަދުތައް ބޮޑުވަމުންދާ ދިއުމާ ގުޅިގެން އިގްތިސޯދީ މާހިރު މުހައްމަދު ނަސީމު (ނަފާ ނސީމް)ގެ މަޖާޒީ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

އީޔޫއަށާ ބެލްޖިއަމްއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ ގޮތުގައި އައްޔަންކުރުމަށް މަޖިލީހަށް ފާތިމަތު ދިޔާނާ ސައީދުގެ ނަން ރައީސުލްޖުްމހޫރިއްޔާ ވަނީ ފޮނުއްވާފައެވެ. އެކަމަށް އިޝާރާތްކުރައްވާ ނަސީމް ކުރެއްވި މީސް މީޑިޔާ ޕޯސްޓެއްގައި ވިދާޅުވީ، މިއީ ސަރުކާރުން ޙާސިލްކުރި އައު މައިލްސްޓޯނެއް ކަމަށެވެ. އަދި މި ސަރުކާރުގައި، ޖީޑީޕީ ދެ ގުނަވެ، އިންފްލޭޝަން ދަށްވެ ރޭޓިންގ ރަގަޅުވާނެ ކަމަށް ވިދާޅުވެ ނަސީމްވަނީ އިގްތިސޯދީ ގޮތުން ރާއްޖެ އޮތީ ހަމައެއްގައި ކަމަށް ސަރުކާރުން ބުނަމުންދާ ދިއުމަށް މަޖާޒީ ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

މީގެ އިތުރުން މިކަމާ ގުޅިގެންވެސް ސަރުކާރުގެ ދެއުޅިއެއްނުވާ ސިޔާސަތުތަކަށް ތާޢީދުކޮށް އަތްޖަހާނެ ރައްޔިތުންތަކެއް ތިބުމަކީ ހިތާމައެއް ކަމަށް ވިދާޅުވެ ކުރިންވެސް މިހާރުވެސް މިއީ ކޮރަޕްޓު މޯލްޑީވްސް ކަމަށް ނަސީމް ވިދާޅުވެފައިވެއެވެ. އަދި ނަސީމް ވަނީ، މި ސަރުކާރުގައި، ކޮންމެ ވައްކަމަކީ ރެކޯޑެއް ކަމަށާ ކޮންމެ ކަރަޕްޝަނަކީ ރިވޯޑެއް ކަމަށް ވެސް ވިދާޅުވެ ވެރިންނާ ބައެއް ރައްޔިތުން ގުޅިގެން ދައުލަތެއް ދަވާލަނީ ކަމަށް ވެސް ވިދާޅުވެފައެވެ.

ނަސީމު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރު ކިތަންމެ މަތިބަރުވީ ނަމަވެސް ސަރުކާރުން ބޭނުންވާ ބަޔަކަށް މަގާމުތައް ދަނީ ދެމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved