April 7, 2026
Advertisement
.
. / މަޖިލިސް

ނިޒާރެވެ، ކިތަންމެ ރުޅިއަޔަސް މާލީ ބަޔާން ހުށަނާޅަންޏާ ނާޅާ ވާހަަކަ ދައްކާނެ!

Sep 4, 2025, 04:27 AM

ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރީމަ ކިތަންމެ ހިތްހަމަ ނުޖެހިގެން ޕޯސްޓުތަަށް ޖެހިޔަސް އެއީ ހަމަ ހަގީގަތެވެ.

Advertisement

މީޑިޔާތައް ކޮންޓްރޯލްކުރުމަށް މަޖިލީހަށް ހުށަހެޅި ބިލަން މެންބަރު ތާއިދުކުރީ މީޑިޔާތަކުން ދޮގުވާހަކަ ދައްކާ މީހުންގެ އަބުރުކަތިލާތީއޭ ކިޔާ އަޑުއިވުނެވެ. ނަމަވެސް މާލީ ބަޔާން ހުށަނާޅާ ވާހަކަ މީޑިޔާތަކުން ރިޕޯޓުކުރީމަ އެކަމާ ކޮން ރުޅިއެއް އަންނާކަށްތޯއެވެ.

ރުޅި އައިސް ސޯޝަލްމީޑިޔާގައި ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރު ނޫންކަމަށް ބުނީމަ އަންނަނީ ހިންޏެވެ. މަޖިލީހުގެ 88 މެންބަރުން މާލީ ބަޔާން ހުށަހެޅިއިރު ނިޒާރު ހުށަނޭޅުއްވީ ކީއްވެތޯއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލު އުފެއްދުމުގެ ކުރިން ނިޒާރު އަމިއްލަފުޅަށް ތިޔަ ޕާޓީގެ މެމްބަރުން ހިންގާ ކޮރަޕްޝަންތަކުގެ އަމަލުތަކަށް ނަޒަރު ހިންގާލައްވާށެވެ. މިފަހަރުގެ މެމްބަރުންގެ މާލީ ބަޔާންތަކަށް ނޫސްތަކުން ސަމާލުކަން ދެނީ ސަބަބެއް ނެތިނޫނެވެ. ތިޔަ ޕާޓީގެ މަޖިލިސް މެމްބަރުންނަކީ ދޮގުވެރިންނެވެ. ބޮޑެތި ވަގުންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑެތި މުސާރަ ނަންގަވައިގެން ތިއްބަވާ މުއިއްޒުގެ ހާދިމުންނެވެ. އަޅުންނެވެ.

ހަގީގަތަށް ވާހަކަތައް ރިޕޯޓުކުރީމަ ހިތްހަމަޖެހިވަޑައިނުގެން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މީޑިއާ ބިލު ފާސްކުރަން ނިޒާރު ގޮވާލީމަ ދޭހަވީ ހަމަ ތިޔަ ބިލަކާ ދެކޮޅަށް ހުރިހާ ނޫސްވެރިންވެސް ދެއްކި ވާހަކައެވެ. އާދެ، ތިޔަ ބޭފުޅާ ނިސްބަތްވާ ޕާޓީގެ ސަރުކާރުން ހިންގާ ކޮރަޕްޝަންތަކުގެ ވާހަކަ ހާމަކުރާތީ ހަޖަމު ނުވެގެން މީޑިޔާތަކުގެ އަނގަމަތީ މަލަން އަޅަން ބޭނުންވާކަމެވެ.

ނިޒާރު މިއަދު ކޯފާވެ ހިތްޕުޅާވިޔަސް މާލީ ބަޔާން ހުށަނާޅަންޔާ ދައްކާނީ ހުށަނާޅާ ވާހަކައެވެ.

ކޮމެންޓު
ކޮމެންޓްތައު
Nizar brother
Sep 8, 2025, 03:42 AM
Nizar thee raiyithun hovi meehekey, raiyithun beynunvey nizar ge maalee bayaan balaclava, hushanaalhaa thi ulhuvanee konmevess nukissaru kantha gande hingaafa otheema kama qaboolu kurumuge furusathu eyba oi
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved