April 4, 2026
Advertisement
ޕީއެންސީ މަޖިލިސް މެމްބަރުން
ޕީއެންސީ މަޖިލިސް މެމްބަރުން / ސޯޝަލް މީޑިއާ

ޤާނޫނު އަސާސީއަކީ ދެއިރު ދެދަޅައަށް ކުޅޭ އެއްޗަކަށް ވެގެން ނުވާނެ: މަލީހު

Yana Shareef
ޔާނާ ޝަރީފް
Feb 17, 2026, 06:16 PM

ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި އިންތިޚާބުތަކަށް ގެންނަން އުޅޭ ބަދަލުތަކަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލް ފާޑު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ ދައުރާ ކުޅުމަށްފަހު ދެން ރިޔާސީ ދައުރާ ކުޅެން އުޅުމުގެ މަޤްޞަދާމެދު ސުވާލު އުފެދެއެވެ. އޭނާ ބަޔާންކުރެއްވި ގޮތުގައި މަޖިލިހުގެ ދައުރު ކުރުކުރުމަށާއި، ރިޔާސީ ދައުރު މިހާރަށްވުރެ ދިގުކުރުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް ތާއީދެއް ނުކުރެވޭނެއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް (ޕޭލޭން ކުރެވޭ ބަދަލުތަކަށް) އިޝާރާތް ކުރައްވައި މަލީހު ވިދާޅުވީ، ދެ އިންތިޚާބު އެއްކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ދައުލަތުގެ އެންމެ މަތީ ޤާނޫނު، ޤާނޫނު އަސާސީއަކީ ސިޔާސީ ބޭނުންތަކަށްޓަކައި "ދެއިރު ދެދަޅައަށް" ބަދަލުކޮށް ކުޅޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ، މަލީހު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved