April 3, 2026
Advertisement
-
- / އަލްޖަޒީރާ

365 އަށް ވުރެ ގިނަ ސަހްޔޫނީ ސިފައިން ޣައްޒާއާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިނުވާނެ ކަމަށް އިއުލާންކޮށްފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 6, 2025, 06:45 PM
މާލެ ސިޓީ

ސަހްޔޫނީނ ސަރުކާރުން ފަލަސްތީނުގެ ޣައްޒާއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިތުރަށް ބައިވެރިނުވާނެ ކަމަށް ސަހްޔޫނީންގެ 365 އަށް ވުރެ ގިނަ ސިފައިން އިއުލާންކޮށްފިއެވެ.

Advertisement

ގިނަ އަދަދެއްގެ ސިފައިން މީޑިއާތަކާއި ވާހަކަދައްކަމުން ވަނީ ނަތަންޔާހޫ ކުރިއަށް ގެންދާ ގަތުލުއާންމުގައި ބައިވެރި ނުވާނެ ކަމަށާއި އެ ގައުމުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުމަށް ގޮވާލުމަކީ އެމީހުންގެ ވާޖިބެއް ކަމަށް ބުނެފައިވެއެވެ.

މި ހަނގުރާމައިގެ ސަބަބުން ސަހްޔޫނީންގެ ރައްޔިތުންވެސް ނުރައްކަލަށް ވެއްޓިފައިވާ ކަމަށާއި ޣައްޒާ އެއްކޮށް ނެތިކޮށްލަ، ބަނޑުހައިހޫނުކަމުގައި ޣައްޒާގެ ނިކަމެތި ރައްޔިތުން މަރަމުން ގެންދިޔުމަކީ އެމީހުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް މި ސިފައިންގެ ފަރާތުން ވާހަކަދެއް އިޒްރޭކުގެ ކޮމްބެޓް ރިޒާވިސްޓް މެކްސް ކްރެސްޗް ފާހަގަކުރިއެވެ.

މިއާއި އެކު މެކްސް ވަނީ މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ސަހްޔޫނީ ސަރުކާރަށް ގޮވާލާފައެވެ.

ސަހްޔޫނީން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް މީގެ ކުރިން އެއްބަސްވުމެއް އެކުލަވާލިއިރު، އެއްބަސްވުން އެކުލަވާލުމުގެ ކުރިން، 7 އޮކްޓޫބަރުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ 18 އާއި ހަމައަށް އިސްރާއީލުން ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 46،913 އަށް އަރައެވެ. އެއްބަސްވުމަށް އަމަލުކުރަން ފެށި ތާރީހު، 19 ޖެނުއަރީ 2025 އިން 17 މާޗް 2025 އާއި ހަމައަށް އިސްރާއީލުން ވަނީ 170 މީހުން ޝަހީދުކޮށްލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved