April 3, 2026
Advertisement
-
- / އަލްޖަޒީރާ

‎ ވަރުގަދަ ހަމަލާއެއް ސަހްޔޫނީންގެ އެއާޕޯޓަކަށް އަމާޒުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 8, 2025, 02:28 PM
މާލެ ސިޓީ

ޔަމަނުން ދިން ޑްރޯން ހަމަލާއެއް ސަހްޔޫނީންގެ އެއާޕޯޓަކަށް އަމާޒުވެ ސަހްޔޫނީންގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.

Advertisement

ޔަމުން ފޮނުވާލި ޑްރޯންތަކުގެ ތެރެއިން ޑްރޯނެއް އަމާޒުވެފައިވަނީ ސަހްޔޫނީންގެ ދެކުނުގައި އޮންނަ ރާމޮން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން ބުނެފައިވަނީ އިއްޔެ ޔަމަނުން ގިނަ އަދަދެއްގެ ޑްރޯން ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ބައެއް ޑްރޯންތައް އެ ގައުމުގެ ސަރަހައްދުން ބޭރުން ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން މަދުވެގެން އެއް ޑްރޯން ސަހްޔޫނީންގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އެއިލަތު ކައިރީގައި އޮންނަ ރާމޮން އެއާޕޯޓުގެ ޕެސެންޖާ ހޯލަށް އަމާޒުވި ކަމަށް ވެސް ބުނެފައިވެއެވެ.

އެ ހާދިސާގައި ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ސަހްޔޫނީންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ހަމަލާގެ ސަބަބުން ސަހްޔޫނީންގެ ވައިގެ ސަރަހައްދު ވެސް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޔަމަނުން ސަހްޔޫނީންނަށް ހަމަލާދީފައި މިވަނީ މިދިޔަ ހަފްތާގައި ޔަމަނުގެ ވެރިރަށް ސަންއާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ސަހްޔޫނީން ދީ ޔަމަނުގެ ސަރުކާރުގެ ގިނަ އަދަދެއްގެ މިނިސްޓަރުން މަރާލާފައިވާ ދަނޑިވަޅެއްގައެވެ. އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ ޝަހީދުވެފައެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved