

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ބޯކޮށް ފަނި އަޅަމުންދާ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކޮންކަމެއް ކިހިނެއް ހިނގައިގެން ކަމެއް ބަޔާން ކުރުއްވުމެއް ނެތި މަލީހު ކުރެއްވި ކުރު ޕޯސްޓުގައި ވިދާޅުވެފައިވަނީ، ގިނަ އަދަދެއްގެ ޖާސޫސުން ސަރުކާރާ ގުޅެމުންދާ ކަމަށާ އޭގެން ދައްކުވައިދެނީ ސަރުކާރުގެ ވެއްޓުމުގެ ފެށުން އައިސްފި ކަން ކަމަށެވެ.
އެގޮތުން އެފަދަ ޖާސޫސުން ރައީސް އޮފީސް ތެރޭގައިވެސް ހަރަކާތްތެރިވަމުންދާނެ ކަމަށާ ސަރުކާރުގެ އެކިއެކި ވަޓްސްއަޕް ގުރޫޕުތަކުގައިވެސް ތިބޭނެ ކަމަށް ވިދާޅުވެ މަލީހު އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުގެ ތެރޭގައި ފަނި އަޅަމުން ދަނީ ބޯކޮށް ކަމަށެވެ.