

މޭވާ އާއި ތަރުކާރީގެ އަގު ކުރިން ނުއުފުލޭ ވަރަށް މި ސަރުކާރުގައި އަގު އުފުލުމާއި ގުޅިގެން އާންމުންގެ ޝަކުވާތަކުގެ ޕްރެޝަރ އާއި ހުރެ ގަނޑުކޮށް މޭވާ އާއި ތަރުކާރީ ރާއްޖެއަށް އެތެރެކޮށް ބާޒާރުގައި ވިޔަފާރިކުރަން އެސްޓީއޯ އާއި ހަވާލުކޮށްފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުއްސުރެެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް އެސްޓީއޯއިން އެތެރެކޮށް ބާޒާރުގައި ވިއްކަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް، މިއީ ތަކެތީގެ އަގު އިންތިހާއަށް މިހާރު އުފުލި ސަރުކާރަށް އަގުތައް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިޔުމުން މުއިއްޒު ނިންމެވި ނިންމެވުމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.
ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް މެނިފެސްޓޯގައި އަޅުގަނޑު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10…
— Dr Mohamed Muizzu (@MMuizzu) September 10, 2025
ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު އުފުލިފައިވާއިރު އެސްޓީއޯ އިން މިހާރު ވަނީ އޮރެންޖު އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަން ފަށައިފަ އެވެ. އެސްޓީއޯއިން އޮރެންޖު ވިއްކަނީ ކިލޯއެއް 35 ރުފިޔާއަށެވެ.
މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ދިވެހީންގެރާއްޖޭގައި ދިވެހިން އަންނަނީ ހާލުގައި ޖެހި ނިކަމެތިވަމުންނެވެ. ޑޮލަރުގެ ރޭޓް 20ރ އަށްވުރެ މައްޗަށް ގޮސްފައިވާއިރު އަސާސީ ބޭނުންތަކާއި ޚިދުމަތްތައް ހޯދުމުގައި ރައްޔިތުން އަންނަނީ ނުކުޅެދެމުންނެވެ.