April 3, 2026
Advertisement
-
- / އަލްޖަޒީރާ

ސަހްޔޫނީނުން ބައިނަލްއަގްވާމީ ކުޅިވަރުތަކުގައި ބައިވެރިވުމަކީ "ޑަބަލް ސްޓެންޑަރޑް" އެއް ކަމަށް ސްޕެއިނުން ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 11, 2025, 11:43 PM
މާލެ ސިޓީ

ސަހްޔޫނީނުން ބައިނަލްއަގްވާމީ ކުޅިވަރުތަކުގައި ބައިވެރިވުމަކީ "ޑަބަލް ސްޓެންޑަރޑް" އެއް ކަމަށް ސްޕެއިންގެ ކުޅިވަރާއި ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

Advertisement

ސްޕެއިނުގެ ކުޅިވަރާ ބެހޭ ވަޒީރު ޕިލާރް އަލެގްރިއާ ވަނީ 2022 ވަނަ އަހަރު ޔޫކްރެއިންއަށް ހަމަލާ ދިނުމަށްފަހު ރަޝިއާގެ ޓީމުތަކަށް އެޅި ފަދަ ބޭން އެއް ކުޅިވަރުތައް ކުޅުމަށް ސަހްޔޫނީންގެ ޓީމުތަކަށް ވެސް އެޅުމަށް ގޮވާލާފައެވެ.

ވުއެލްޓާ އަ އެސްޕަނާ ސައިކަލް ގްރޭންޑް ޓުއާގައި އިސްރާއީލް-ޕްރިމިއާ ޓެކް ނަމަކަށް ކިޔާ ޓީމެއް ބައިވެރިވުމުން ސްޕެއިންގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ.

ސްޕެއިން ސަރުކާރުން ވަނީ ޣައްޒާގައި ސަހްޔޫނީން ހިންގަމުންދާ ހަނގުރާމައަކީ “ނަސްލު ނައްތާލުމުގެ" އަމަލެއް ކަމަށް ސިފަކޮށްފައެވެ.

އިސްރާއީލް-ޕްރިމިއާ ޓެކް ޓީމަކީ އެގައުމުގެ ބިލިއަނަރެއް ކަމުގައިވާ ޕްރޮޕަޓީ ޑިވެލޮޕަރު ސިލްވާން އެޑަމްސްގެ އަމިއްލަ ކުންފުންޏެކެވެ.

ސަހްޔޫނީން ފަލަސްތީނުގެ ޣައްޒާއާއި ދެކޮޅަށް ހިންގަމުންދާ ހަނގުރާމައަށް ދެ އަހަރުވެފައިވާއިރު ބައިނަލްއަގްވާމީ ގިނަ ގައުމުތަކުން އަންނަނީ ސަހްޔޫނީންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved