March 19, 2026
Advertisement
މަޖިލިސް
މަޖިލިސް / -

ދައުރުން ބޭރުން އަނެއްކާވެސް މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހު ބާއްވަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 12, 2025, 12:05 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ޖަލްސާއެއް ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

Advertisement

މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުމެއް ލިބުމާ ގުޅިގެން 15 ސެޕްޓެމްބަރުވާ ހޯމަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑެއް ނުކުރެއެވެ.

މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، މިވަގުތު ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައެއް ބިލުތަކުގެ މަސައްކަތް ކުރަމުން ދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމާފައި މިވަނީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު"ގެ މަސައްކަތުގެ ކޮމެޓީ މަރުހަލާ ނިންމެން ގާތްވެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. އަދި ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، ކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ބާކީ އޮތް އެންމެ ދައުރަކީ ތިންވަނަ ދައުރެވެ. މި ދައުރުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގައެވެ. އަދި މި ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved