theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒު ގެންދަނީ ކަމެއް ކުރަން ނޭނގޭ ހާލު ތަނުގައި އޮތް ނިޒާމު ހަލާކުކުރަމުން: ރައީސް ޔާމީން / ރައީސް އޮފިސް
ސިޔާސީ
މުއިއްޒު ގެންދަނީ ކަމެއް ކުރަން ނޭނގޭ ހާލު ތަނުގައި އޮތް ނިޒާމު ހަލާކުކުރަމުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
11 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަނީ ކަމެއް ކުރަން ނޭނގޭ ހާލު ތަނުގައި އޮތް ނިޒާމު ހަލާކުކުރަމުން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ޔަގީން ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން މިހާރު ދޭ ވަރަށް ވުރެން އިތުރަށް، ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމެވުމުން އެކަމަށް އިޝާރާތްކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، މިއީ ރެކޯޑު ގާއިމުކުރަން، ނުވަތަ މީގެ ކުރިން އެއްވެސް ވެރިއަކު ނުކުރާކަންކަން ކޮށްގެން މެޑަލް ޖަހަން މަސައްކަތްކުރާ ސަރުކާރެއް ކަމަށާ، ނަމަވެސް ޖުޑިޝިއަރީއަށް ފައިސާ ދީގެން އުޅުއްވަނީ ޖުޑިޝިއަރީ އިތުރަށް އަޅުވެތިކޮށް މުޅި ޝަރުއީ ނިޒާމު އިތުރަށް ކޮރަޕްޓުކުރަން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ކަންކުރާ އުސޫލު ރައީސް މުއިއްޒު ބަލާލަން ޖެހޭ ކަމަށެވެ.

މުއިއްޒު ގެންދަނީ ކަމެއް ކުރަން ނޭނގޭ ހާލު ތަނުގައި އޮތް ނިޒާމު ހަލާކުކުރަމުން. ޖުޑީޝިއަރީ ސަރުކާރުން ފައިސާ ދެނީ ޖުޑިޝިއަރީ ކޮރަޕްޓް ކުރުމަށް.

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ިމ ސަރުކާރަކީ ކޮރަޕްޝަނާ ވައްކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށާ އެހްކަމުން ނޭޕާލުގައި ހިނގަމުންދާ ކަންކަމުން ފިލާވަޅު ނަގަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved