April 3, 2026
Advertisement
-
- / ޓައިމްސް އޮފް އިސްރާއީލް

ސަހްޔޫނީން ދިން ހަމަލާއަށް ސަރަހައްދީ ފެންވަރުގެ ޖަވާބެއް ދޭނަން: ގަތަރު ބޮޑުވަޒީރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 12, 2025, 03:58 PM
މާލެ ސިޓީ

ސަހްޔޫނީނުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާއާ ގުޅިގެން، އެކަމަށް ސަރަހައްދީ ފެންވަރުގައި ޖަވާބު ދޭންޖެހޭ ކަމަށް ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހުމާން ބިން ޖާސިމް އަލަސާނީ ވިދާޅުވެއްޖެއެވެ.

Advertisement

ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ސަރަހައްދުގެ އެހެން ގައުމުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، ގަތަރުން ރައްދު ޖަވާބު ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މީގެއިތުރުން، މުޅި ސަރަހައްދުގެ ސަލާމަތަށް ނަތަންޔާހޫއާ ހެދި ނުރައްކާވެފައިވާ ކަމަށާއި ނަތަންޔާހޫ މުޅި ސަރަހައްދު ހަލަބޮލިކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ގަތަރުގައި ސަރަހައްދީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

އަދި ސަރަހައްދުގެ ގައުމުތަކުން ޤާނޫނީ ޓީމެއް އެކުލަވާލައި، ނަތަންޔާހޫގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވުމުގެ ދަޢުވާ އުފުލުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ބޮޑުވަޒީރު ފާހަގަކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved