ޑރ ޖަމީލު މިފަދަ ގޮތަކަށް ސުވާލު އަމާޒުކުރެއްވީ ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ވައްކަންތައް ކޮށް ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާތީއާ އަދި ގައުމިއްޔަތު މިނިސްޓާރު އާދަމް ނަސީރު ކުރެއްވި އެކްސް ޕޯސްޓަކަށް ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޖަމީލު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ، ރައީސް މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން މުވަައްސަސާތައް އަމިއްލަ ބާރުގެ ދަށަށް ގެނައުމުގެ ނުރައްކާ ފެންނަމުންދާ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވަނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމު ފަޒުލް ރަޝީދުގެ މައްޗަށް ހެކި ނެތް ކަމަށް ބުނެ ގޯތިތަކެއްގެ ލިޔެ ކިޔުން ނައްތާލި މައްސަލައިގައި ދައުވާނުކުރަން ނިންމުން އެކަމަށް ފާޑުވިދާޅުވެފައެވެ.
ފަޒުލް ވިދާޅުވީ މި ވާހަކަތައް ރައްޔިތުންނާއި ހަމައަށް ނުގެނެސް ކުރިއަށް ދެވެން ނެތް ކަމަށާއި ކުރިއަށް އޮތްތާއި ނުހައްގުން ބިން ދީފައިވާ ފަރާތްތަށް ވެސް ހާމަކުރާނެ ކަމަށް
ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާ އާއި ހަވާލުކޮށްފައި ވަނީ ބަލަން ޖެހެ ކަންކަން ބެލުމަށް ފަހު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.