ފަޒުލް / -
ހަބަރު
ހުޅުމާލެއިން 50 އެއްހާ ބިން ނުހައްގުން ދީފައި އެބަހުރި: ފަޒުލް
Fathmath Reem
ފާތުމަތު ރީމް
04 މާރިޗު 2024
މާލެ ސިޓީ

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ނުހައްގުން ހުޅުމާލެއިން 50 ބިން އެކި ފަރާތްތަކަށް ދީފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ޕީއެންސީއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ އެޗްޑީސީއާ ހަވާލުވުމަށްފަހުގައި އެންމެ ފުރަތަމަވެސް ބެލީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަަށް ފަސޭހަ ހިދުމަތްތަކެއް ދިނުމަށް ކުރެވެން ހުރީ ކޮން މަސައްކަތެއްތޯކަމަށެވެ. އަދި ހަމައެހެންމެ ހުޅުމާލެ ބިންތަކަށް ވެފައި ހުރި ގޮތް ބަލާފައިވާނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ މި ވާހަކަތައް ރައްޔިތުންނާއި ހަމައަށް ނުގެނެސް ކުރިއަށް ދެވެން ނެތް ކަމަށާއި ކުރިއަށް އޮތްތާއި ނުހައްގުން ބިން ދީފައިވާ ފަރާތްތަށް ވެސް ހާމަކުރާނެ ކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުހުށްޓޭ ކަމަށާއި ހަމައެކަނި މި ވަގުތު ހާލަތާ ގުޅޭގޮތުން މަސައްކަތް އިސްފަސްކޮށް ތަރުތީބުކޮށްފައިވާނެ ކަމަށެވެ. އެގޮތުން ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ބޮޑު ބައެއް ވަނީ ނިންމާފައި ކަމަށެވެ. އަދި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ތަނުގައި ފެށިގެންދާނެ ކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved