April 9, 2026
Advertisement
...
... / ސޯޝަލް މީޑިއާ

އަންނަ އަހަރުގެ ބަޖެޓުގައި ބިއްލޫރި ޓަނެލް އަޅަން 799 މިލިއަން ރުފިޔާ

Yana Shareef
ޔާނާ ޝަރީފް
Nov 3, 2025, 12:04 AM

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، ރަސްމާލެ އާއި މާލެއާއި ގުޅުވާލާ ބިއްލޫރި ޓަނެލް ހެދުމަށް ބޮޑު އަދަދެއް ހިމަނައިފިއެވެ.

Advertisement

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުރިޖާއި ޓަނަލް އެޅުމުގެ މަޝްރޫއުތަކަށް 799 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ދަތުރުފަތުރުގެ ބިނާރީ ތަރައްގީއަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވާއިރު އޭގެ ބޮޑު ބައެއް ހާއްސަކޮށްފައިވަނީ މިފަދަ ބޮޑެތި މަޝްރޫއުތަކަށެވެ.

މިދިޔަ އަހަރު ބުރިޖުތަކާއި ޓަނަލްތަކަށް 688 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މި އަހަރު އެއާޕޯޓުތަކަށް ދެ ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، އަންނަ އަހަރު އެ އަދަދު 541 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

ނަމަވެސް ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް 393 މިލިއަން ރުފިޔާ އަދި މަގުތަކާއި ހައިވޭތަކަށް 556 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ ސަރުކާރުގެ އިސްކަންދޭ ދާއިރާތައް ބަދަލުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.
ވުޖޫދުގައި ވެސް ނެތްތަނެއް މާލެއާއި ގުޅުވާލަންކަމަށްބުނެ ވައްކަންކުރުމަށް ސަރުކާރުން ރާވައިގެން އުޅޭ ވާހަކަތަކެއްް ވެސް ވަނީ ފެންމަތި ވެފައެވެ.

މާލެއާއި ރަސްމާލެ ގުޅާލެވޭނީ ކަނޑުއަޑީގެ ބިއްްލޫރި ޓަނެލަކުންކަމަށް ރައީސް މުހައްމަދު މުއއިްޒު ވިދާޅުވުމުން ގިނަ ބަޔަކު ވަނީ މަލާމްތްވެސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved