theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވެލާނާގެ / ސަން
ސިޔާސީ
އޮފީހުގައި 8 ގަޑިއިރު ހަމަކޮށްގެން ނޫނީ ދެން އިތުރު ގަޑި ނުލިބޭ ގޮތް ހަދައިފި
Yana Shareef
ޔާނާ ޝަރީފް
01 ނޮވެމްބަރު 2025

ރަސްމީ ބަންދު ނޫން ދުވަސްތަކުގައި އޮފީހުގައި ހޭދަކުރާ ވަގުތު 8 ގަޑިއިރު ހަމަނުކުރާ ނަމަ ސިވިލް ސާވިސް މުވައްޒަފުންނަށް އިތުރުގަޑީގެ އިނާޔަތް ނުލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތައް އިސްލާހުކޮށްފި އެވެ.

ސަރުކާރުން ގެޒެޓުކުރި އިސްލާހުގައި ވާގޮތުން ދައުލަތުގެ މުވައްޒަފުންނަށް ދެން އިތުރު ގަޑީގެ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތުގައި 8 ގަޑިއިރު ހަމަކޮށް، އޭގެ އިތުރުން ހޭދަ ކުރާ ވަގުތުތަކަށް އެކަންޏެވެ. އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު، އަށް ގަޑިއިރު ގުނާއިރު ދެން ނުހިމަނާނެ އެވެ.

ރަސްމީ ދުވަސްތަކުގައި އޮފީހުގައި މަސައްކަތު ވަގުތުގައި މުވައްޒަފުންގެ އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު އުނިކުރުމަށްފަހު 8 ގަޑިއިރު ހަމަވުމުން ނޫނީ އިތުރުގަޑީގެ އިނާޔަތް ނުލިބޭނެ ކަމަށް ގެޒެޓު ކުރި ގަވައިދުގައި ބުނެފައިވެ އެވެ.

ނަމަވެސް އިސްލާހުގައިވާ ގޮތުން އޮފީހުގައި ހޭދަކުރާ 8 ގަޑިއިރުގެ ތެރެއިން ކެއުމާއި ނަމާދު ކުރުމާއި ދަރިން ބެލުމަށް އޮފީހުން ނުކުންނަ ވަގުތުތަކަކީ އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅުނު ވަގުތު ކަމަށް ނުބެލޭނެ އެވެ.

އަލަށް އަމަލުކުރަން ފެށި އިސްލާހުގައި ވަނީ ރޯދަ މަހުގެ ފަހު 10 އަކާއި ރަސްމީ ބަންދުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ދުވަސްތަކުގައި އިތުރު ގަޑީގެ އިނާޔަތް، ރަސްމީ ބަންދު ދުވަސްތަކެކޭ އެއްގޮތަށް ހިސާބު ކުރަންޖެހޭ ގޮތަށް ހިމަނައިފަ އެވެ. އަދި އެ ދުވަސްތަކުގައި މުވައްޒަފުން ލައްވައި ކުރުވާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ދޭންޖެހޭ ގޮތަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.

މުވައްޒަފުންގެ މުސާރަ ބޮޑުކުރިއިރު އިތުރުގަޑީގެ ފައިސާ އަށްގަޑިއިރު ހަމަވުމުން ނޫނީ ނުދޭން ނިންމުމުން ސަރުކާރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved