theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މި ފަހަރު ނުރައްކަލުގެ ރަނގަބީލު ޖެހީ ސަރުކާރުގެ އެތެރެއިން: ޑރ ޖަމީލު / ރައީސް އޮފިސް
ސިޔާސީ
މި ފަހަރު ނުރައްކަލުގެ ރަނގަބީލު ޖެހީ ސަރުކާރުގެ އެތެރެއިން: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
13 ނޮވެމްބަރު 2025
މާލެ ސިޓީ

ގައުމުގެ ހާލަތު ރަގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދަވަނިކޮށް ސަރުކާރުގެ އެތެރެއިން ނުރައްކަލުގެ ރަނގަބީލު ޖަހައިފި ކަމަށް ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ މި މަހުގެ ތެރޭގައި 20،000 މީހުންގެ މުސާރަ ބޮޑުވެއްޖެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނިކޮށް، މުސާރަތައް ބޮޑޫވެއްޖެ ނަމަ ޚަރަދުތައް ނުހިފެހެއްޓޭނެކަމަށް ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފައިވަނިކޮށެވެ.

ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު ޕާޓީގެ ބޮޓުން ލައްވާ 14 ވަނަ ދުވަހު އެއްވާން ޖެހެނީ ރައީސް މުއިއްޒު އިގްތިސާދު ހަމަޔަކަށް އެޅުވީތީއޭ ކިިޔާ ޕްރޮމޯޓުކުރަން ތިއްބާ މި ފަހަރު ނުރައްކަލުގެ ރަނގަބީލު ޖެހީ އެތެރެއިން ކަމަށް ވިދާޅުވެފައެވެ.

ޑރ ޖަމީލު ވަނީ، އަދިވެސް ރައީސް މުއިއްޒުގެ އަޅުކުދިން އެއްވުމަށް ދާން ހެދުން ފަހާ ހުވަދުލާން ދުވަންވީ ކަމަށް ވިދާޅުވެ މަޖާޒީ ފާޑުވިދާޅުވުމެއް އަމާޒުކުރައްވާފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، މުސާރައަށް ކުރާ ހޭދަ، މިހާރު ކަނޑައެޅިފައިވާ މިންގަނޑުތަކަށް ވުރެ މައްޗަށް ގޮސްފި ހާލަތެއްގައި ސަރުކާރުގެ ހަރަދުތައް ނުހިފެހެއްޓޭނެ ކަމަށް ފިނޭންސުން ވަނީ، ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ބުނެފައެވެ.

ސަރުކާރުން ބުނާ ގޮތުގައި މި އިތުރުވުން އައީ، މުވައްޒަފުން އިތުރު ވުމުންނައި ދައުލަތުގެ މުސާރަތައް އެއް ހަމަކުރަން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތައް ބޮޑުކުރުން ހިމެނެއެވެ.

ނަމަވެސް، މިއީ ތާއަބަދަށް މި ގޮތަށް ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫން ކަމަށް ފިނޭންސުން ވަނީ މަޖިލީހުގައި ބުނެފަ އެވެ. މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއާ މި ކަންބޮޑުވުންތައް ހިއްސާކުރަމުން ފިނޭންސުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ފިސްކަލް ޖާގަ އަހަރުން އަހަރަށް ކުޑަ ވަމުން އަންނަ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved