ފިޝަރީޒް މިނިސްޓްރީގައި 38 މުވައްޒަފުން މި ވަގުތު ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރަމުން ދެއެވެ.
މިކަމުގެ މައުލޫމާތު އެނގިހުރި ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ކިޔައިދީފައިވާ ގޮތުގައި ނައިބު ވަޒީރުންގެ ލެވެލު އިން ފެށިގެން ގޮސް ޕޮލިޓިކަލް ޑިރެކްޓަރުންގެ މަގާމާ ހަމައަށް ހިމެނޭހެން 42 މީހަކު މި ދެ ކުންފުންޏަށް ހަމަހަމަކޮށް ބަހާލަން ސަރުކާރުން ވަނީ ނިންމާފައެވެ.
ސިޔާސީ ބޭފުޅުންނަކީ އިލްމީ ޤާބިލު ބަޔަކަށް ވާނަމަ އިސްކަމެއް ދޭނީ ރައީސް ޔާމީންގެ ސަރުކާރުން ރާވާފައި މިވާ ޕްރޮޖެކްޓް ތަކަށް އަމަލީ ސިފައެއް ގެންނަން ކަމުގައި ދރ. ޖަމީލް ވިދާޅުވިއެވެ.
ރައްޔިތުންގެ ބާރަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ލިބޭ ވޯޓު ލުމުގެ ބާރު ކަމުގައި ދެކިގެން މިއަދު ތިބެވޭކަށް ނެތެވެ. ވޯޓުން ހޮވޭ މީހާ ވޯޓުން ބޭރުކުރެވެން ޖެހެނީ ރައީސުލްޖުމުހޫރިއްޔާ ބާރާއި އިހްތިޔާރުގެ ގޮތުން "ރަސްކަލެއް" ގޮތަށް ފެންނާތީ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ ނިންމުން އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ރައީސް އޮފީހުންނެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.
މައްސަލަ އަދި ކޯޓުގައި ރަޖިސްޓްރީކުރިކަން ހާމަކޮށްފައި ނުވެއެވެ.
ސަރުކާރު އެއް ކަހަލަ ދެ ހާދިސާއެއްގައި ފިޔަވަޅު އެޅި ގޮތުގައި އުޑާ ބިމާ ހާ ތަފާތު ހުރުމުން ކުރި ސުވާލަށް ރައީސް އޮފީހުގެ ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ހުސެއިން އެފަދައިން ޗެލެންޖެއް ސަރުކާރަށް އަމާޒުކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހަރަދު ކުޑަކުރަން ސަރުކާރުގެ ހެޔޮ ތެދުވެރި ނިޔަތެއް އޮތް ނަމަ އެތައް ހާހުން މައްޗަށް ގޮސްފައިވާ ސިޔާސީ މަގާމުތައް މަދުކޮށް މުސާރައަށް ކުރަމުންދާ ހޭދައިން އެތައް މިލިއަނެއްގެ ފައިސާ ސަލާމާތް ކުރެވޭނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.