April 22, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ސިޔާސީ މަގާމުތަކަށް އައްޔަން ކުރަން ޖެހޭނީ އިލްމީ ޤާބިލު މީހުން: ޑރ. ޖަމީލް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 23, 2025, 11:25 PM
މާލެ ސިޓީ

ސިޔާސީ މަގާމުތަކަށް އައްޔަން ކުރަން ޖެހޭނީ އިލްމީ ޤާބިލު މީހުން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެބޭފުޅާ މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ ޖަމީލު ވިދާޅުވި ގޮތުގައި، އިލްމީ ޤާބިލު ބޭފުޅުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރުން މުހިންމުވާ ސަބަބަކީ ޤައުމު ތަރައްގީއަށް ކިތަންމެ ރަނގަޅު ޕްލޭންތަކެއް ބަޔަކު ކުރި ކަމުގައި ވީނަމަވެސް އެ ޕްލޭން ތަކުގައި އަމަލީ ސިފައެއް ޖެހޭނީ އެކަން ކުރަން އެނގޭ އިލްމީ ގާބިލު ބަޔަކު އެފަދަ މަގާމުތަކުގައި ތިއްބެވުމުން ކަމަށެށް ވާތީ ކަމުގައެވެ.

ސިޔާސީ ކަންތައްތަކުގެ ތެރެއަށް ތައުލީމް އިނގޭތޯ، ކަންތައްތައް އެގިވަޑައިގަންނަވާ، ތައުލީމީ މީހުން އައުމަކީ މުހިންމު ކަމަކަށް ވެގެން ދަނި، މިފަދަ ކަންތައްތަކާ ގުޅިފައިވާ ކަމަކަށް ވާތީ، މިހާރު ހުޅުމާލެއަކީ އޭގެ ޒާތުގަ މުޅި އެސިޓީއަކީ ދުނިޔޭގެ އެހެން ތަންތާނގަވެސް މިކަހަލަ ތަންތަން ތަރައްގީކުރާ ގޮތަށް ޕްލޭން ކުރެވިގެން އައި ކަމެއް..

ޑރ.ޖަމީލް

ހުޅުމާލޭ ފޭސް2ގެ ބޮޑު ޕްރޮޖެކްޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންގޮސްފައިވާ ބޮޑު ބިޔަ ޕްރޮޖެކްޓަކަށް ވީއިރު، އެމަނިކުފާނުގެ ވެރިކަމަށްފަހު އެންޑީޕީ ވެރިކަމުގައި މި ޕްރޮޖެކްޓުތައް އޮތީ، އޮތް ގޮތައް ކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

ހުޅުމާލޭ ފޭސް2 ގެ މި ޕްލޭނަކީ މެގަ ޕްރޮޖެކްޓެއް ގޮތުގައި ޒަމާނާ ގުޅޭނެ ފަދަ ގޮތަކަށް އެކުލަވާލައިފާ ޕްރެޖެކްޓަކަށް ވީއިރު މިފަދަ ޕްލޭންތައް ހުއްޓިފައި އޮންނަން މިޖެހެނީ މި ކަންތައްތައް ކުރިއަށް ގެންދެވޭނެ ފަދަ ތައުލީމީ ބަޔަކު ސިޔާސީ ބޮޑެތި މަގާމުތަކުގައި ނެތުމުން ކަމުގައި ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

ރައްޔިތުންގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް ހުޅުމާލޭގައި ފޭސް2ގެ ނަމުގައި ހިއްކާފައި މިވާ ބިން ކުރީގެ ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ސަރުކާރު ނިމުމަކާއި ގާތްވެފައި ވަނިކޮށް، އެބިން ފޮތި ފޮތިކޮށް ސިޔާސީ ބޭފުޅުންގެ އާއިލާތަކަށް ބަހައިފައި ވާކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

ސިޔާސީ ބޭފުޅުންނަކީ އިލްމީ ޤާބިލު ބަޔަކަށް ވާނަމަ އިސްކަމެއް ދޭނީ ރައީސް ޔާމީންގެ ސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓް ތަކަށް އަމަލީ ސިފައެއް ގެންނަން ކަމުގައި އެބޭފުޅާ ވިދާޅުވިއެވެ. އިސްކަަމަކަށް ވާނީ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް އެކުލަވާލަން ކަމުގައި ވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved