March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރާއްޖެއަށް އެހީވުމުގައި ޗައިނާ އަބަދުވެސް އޮންނާނީ ތައްޔާރަށް: ޗައިނާ ސަފީރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 12, 2025, 10:24 PM
މާލެ ސިޓީ

ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީވުމުގައި ޗައިނާ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

Advertisement

ޗައިނާ އާއި ރާއްޖެއާ ދެެމެދު އެކުލަވާލެވުނު ބައެއް އެއްބަސްވުންތަކާއި އަދި ދެޤައުމުގެ ގުޅުމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ސަފީރު ޝިންހުއާ ވިދާޅުވީ، ރާއްޖެއިން ބޭނުންވާ ކަންކަމުގައި ޗައިނާއިން އެހީވުމަށް ތައްޔާރަށް އޮންނާނޭ ވާހަކަ ކަމަށެވެ.

އެގޮތުން ރާއްޖެއަށް ބޭނުންވާ މާލީ ކަންކަމާއި އެނޫންވެސް ތަރައްޤީގެ އެކިއެކި ކަންކަމުގައި ޗައިނާއިން އެހީވާނޭކަމުގެ ޔަގީންގަން ދެއްވާކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެޤައުމުން ކޮށްދެވޭނެ ކަންކަމާ ގުޅޭގޮތުން ވާހަކަތައް ދެކެވެމުންދާކަން ސަފީރުގެ ފާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ސަފީރުވަނީ މީގެކުރިންވެސް ޗައިނާއިން ބުނަމުންދާ އެއް ވާހަކަ ތަކުރާރުކުރައްވާ ވިދާޅުވީ ޗައިނާއިން ރާއްޖެއަށް މާލީ އެހީތައް ދޭނީ އެކަމުގެ ބުރަ ދިވެހި ދައުލަތުގެ މާލިއްޔަތަށް އުފުލަންނުޖެހޭފަދަ ގޮތަކަށް ކަމަށެވެ.

ޗައިނާއިން ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ދާއިރު ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި ގައުމު އިންޑިއާއަށް ދަރަނިވެރިކޮށް، ގޮތް ނޭގޭ އެއްބަސްވުންތަކުން ރާއްޖެ އަޅުވެތިކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved