February 25, 2026
Advertisement
China Missile
China Missile / ރޮއިޓަރސް

ޗައިނާގެ ސުޕަސޮނިކް މިސައިލްތަކެއް ގަތުމަށް އީރާނުން އެއްބަސްވުމަކާ ގާތަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 24, 2026, 05:00 PM
މާލެ ސިޓީ

ޗައިނާއިން އުފައްދާ ސީއެމް-302 މަރުކާގެ ސުޕަސޮނިކް އެންޓި-ޝިޕް ކްރޫޒް މިސައިލްތަކެއް ގަތުމަށް އީރާނުން ޗައިނާއާއެކު ވެވޭ އެއްބަސްވުން ނިންމުމާ ގާތްވެފައިވާ ކަމަށް ބައިނަލްއަގުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފިއެވެ.

Advertisement

ރޮއިޓާސްއިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން ގަތުމަށް ތައްޔާރުވަމުންދާ މި މިސައިލްތަކަކީ 290 ކިލޯމީޓަރުގެ ރޭންޖެއް ހިމެނޭ، އަދި އަޑަށްވުރެ ބާރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. މި މިސައިލްތައް ފަރުމާކޮށްފައިވަނީ ކަނޑުގެ ސަﻄަހައާ ވަރަށް ތިރިން ދަތުރުކޮށް، މަނަވަރުތަކުގެ ދިފާއީ ނިޒާމުތަކަށް އޮޅުވާލުމަށްފަހު އަމާޒަށް ވާސިލްވުމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް މުހައްލިލުން ލަފާކުރެއެވެ. ޚާއްޞަކޮށް އެމެރިކާގެ ހަނގުރާމަ މަނަވަރުތައް ހިމެނޭ ގޮތަށް ކަނޑުގެ އުޅަނދުތަކަށް ހަމަލާދިނުމުގެ ބާރު އީރާނަށް މިކަމުގެ ސަބަބުން އިތުރުވެގެންދާނެއެވެ.

ޗައިނާގެ މި މިސައިލަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި އެންޓި-ޝިޕް މިސައިލްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މި މުއާމަލާތާ ގުޅޭގޮތުން އީރާނުގެ އަސްކަރިއްޔާއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved