theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
"ޚިޔާލާ ފިކުރު ކަފުނަށް"ގެ ނަމުގައި ބާއްވާ ފޯރަމް މިރޭ އޮންނާނެ / ސޯޝަލް މީޑިއާ
ހަބަރު
"ޚިޔާލާ ފިކުރު ކަފުނަށް"ގެ ނަމުގައި ނޫސްވެރިންގެ ފޯރަމެއް މިރޭ އާޓީފިޝަލްގައި
Mariyam Isaadha
މަރިޔަމް އިސާދާ
13 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރަން ފޯރަމެއް އޮންނާނެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހާމަކޮށްފިއެވެ.

ބިލާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށާ ބިލުގައި އާންމުންނަށްވެސް ގެއްލުންވާނެ ގޮތަށް ހުރި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ފޯރަމް އޮންނާނީ މިރޭ 8:45ގައި އާޓިފިޝަލް ބީޗުގައެވެ.

"ޚިޔާލާ ފިކުރު ކަފުނަށް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ފޯރަމް ކުރިއަށްދާނީ "އޯޕަން މައިކް" އުސޫލުން ބިލާ ގުޅޭ ގޮތުން އެންމެނަށް ވެސް ހިޔާލުފާޅުކުރެވޭ ގޮތަށް ކަމަށެވެ. ބިލާ ގުޅޭ ގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ނޫސްވެރިކަމާއި ގާނޫނީ ދާއިރާ އަދި ހިޔާލުފާޅުކުރުމުގެ ހައްގުގެ ދާއިރާގެ ތަޖުރިބާކާރުން ޖަވާބުދެމުން ދާނެ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.

މިފަދަ ފޯރަމެއް އެމްޖޭއޭއިން އިސްނަގައިގެން މި ބާއްވަނީ މީޑިޔާ ރެގިއުލޭޓު ކުރުމުގެ ނަމުގައި މީޑިޔާގެ މިނިވަން ނައްތާލެވޭނެހެން ފަރުމާ ކޮށްފައި އޮތް ބިލު މަޖިލީހަށް ބަަލއިގަނެއް ވިލުގެ ދިރާސާ ކޮމިޓީއިން ކުރަމުން ވެސް ގެންދާ ދަނޑިވަޅެއްގައެވެ.

މީޑިއާ ކޮންޓްރޯލް ބިލުއާ ގުޅޭ ގޮތުން ކޮމިޓީން މިހާތަނަށް ހިޔާލު ހޯދި ކޮންމެ މަސްލަހަތުވެރިއެއްގެ ފަރާތުން ވެސް ފާހަގަކޮށްފައިވަނީ ކަންބޮޑުވުންތަކެވެ. އަދި މަޝްވަރާކުރުމެއް ނެތި ތައްޔާރުކޮށްފައިވާ ބިލެއް މަޖިލީހަށް ބަލައިގަތުމުން އެ ކަމުގެ ނުރުހުން ވެސް ވަރަށް ބޮޑަށް ފާޅުކުރިއެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުންނާ ކޮމިޓީން ބައްދަލުކުރި އިރު ވެސް މަޝްވަރާކުރުމެއް ނެތި ހަދާފައިވާ އެ ބިލުގައި ހުރި ބޮޑެތި މައްސަލަތައް ކޮމިޓީގައި ފާހަގަކުރިއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ ތެރެއިން 22 މީޑިއާއެއްގެ ފަރާތުން ނޫސްވެރިން ކޮމިޓީއަށް ގޮސް ހިޔާލު ފާޅުކުރި އިރު އެންމެ މީޑިއާއެއް ފިޔަވައި ދެން ހުރި މީޑިއާތަކުގެ ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ގޮވާލާފައެވެ.


ރާއްޖޭގައި މަސައްކަތްކުރާ 151 ނޫސްވެރިންގެ ސޮޔާ އެކު މި ބިލު ބޭރުކުރަން ގޮވާލާފައިވާ ޕެޓިޝަނެއް ވެސް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved