

"މީޑިޔާ ކޮންޓްރޯލު" ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ސޯޝަލް މީޑިޔާ ރެގިއުލޭޓު ކުރެވޭ ގޮތަށް ނެތް ކަމަށް ބުނެ ޕިއެންސީގެ ޕީޖީ ލީޑަރު އަދި ނުސްވެރިންނާ މީޑިޔާތައް "އުލު" ބައިންދަން ގޮވާލި އިންގުރައިދޫ ދާއިރާ މެމްބަރު އިބްރާހިމު ފަލާހު ގޮދު މައުލޫމާތު ފަތުރަން ފަށައިފިއެވެ.
ކޮންޓްރޯލު ބިލު ފާސްކޮށްފި ނަމަ ސޯޝަލް މީޑިޔާ ޕްލެޓު ފޯމުތައް ވެސް ސަރުކާރު ބޭނުންވާ ގޮތަށް ހުއްޓުވޭނެ ކަން ބިލުން ހާމަކަން ފެންނ އޮވެ އެކަން ނޫސްވެރިން އާންމުންގެ ސަމާލުކަމަށް ގެނެސް ހޭލުންތެރިކުރވަން ފެށުމާއެކު ބޮޓޭކޯ ވަނީ ޑިފެންސަށް ކުޅެން ފަށާފައެވެ.
އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރ ޢަބްދުލް ހަންނާން. ހުށައަޅާފައިވާ މީޑިއާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓަރ އެކައުންޓްތައް މިބިލް ރައްޔިތުންގެ މަޖިލީހުން ފާސްވިއަސް ބަންދުވާގޮތަކަށް ބިލުގައި ނެތް ކަމަށާ ޒުވާނުން ސޯޝަލް މީޑިއާ ގަދައަށް ބޭނުން ކުރަންވީ ކަމަށެވެ.
ފަލާހު މިހެން ބުނެފައިވާއިރު، ބިލުން ސާފުކޮށް ފެންނަން އޮތް ގޮތުގައި، އެ ބިލުގައި އޮތް މީޑިއާގެ ގޮތުގައި މާނަކޮށްފައިވަނީ ޓީވީއާއި ރޭޑިއޯއާއި ސީޑީއާއި ވެބްސައިޓާއި ނޫސްމަޖައްލާތަކާއި ޕަބްލިކޭޝަންތަކާއި، އެ ނޫންވެސް ނަންނަމުގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ޚަބަރާއި ޚިޔާލު ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ ހިލޭ ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ.
އެހެންކަމުން ސަރުކާރުގެ ދިފާއުގައި ފަލާހު މިގެންދަނީ ދޮގު މައުލޫމާތު ފަތުރާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ފަށާފައެވެ. ނޫސްވެރިންގެ ނަފްސު ވިއްކާލައިގެން ތިބި ބައެއްގެ ގޮތުގައި ސިފަކުރެވޭ ގޮތަށް ބޮޓޭކޯއާ މަޖިޅިހުގެ ޕިއެންސީގެ ގިނަ މެމްބަރުން ސޯޝަލް މީޑިޔާ ޕޯސްޓުތައް ކޮށް ގޮނޑި ދިފާއުކުރުމުގެ ސިލްސިލާއެއް ވަނީ ފަށާފައެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ސަރުކާރުން މީޑިޔާ ކޮންޓްރޯލު ބިލެއް ހުށަހަޅައިގެން އުޅެނީ ސަރުކާރުގެ ކޮރަޕްޝަންއާ ވައްކަންތައް މީޑޔާތަކުން ހާމަކުރާތީ ކަމަށެވެ.