May 11, 2026
Advertisement
މޭޔަރ މުއިއްޒު އޭރުގެ ކައުންސިލަރުންނާ އެކު
މޭޔަރ މުއިއްޒު އޭރުގެ ކައުންސިލަރުންނާ އެކު / މާލެ ސިޓީ ކައުންސިލް

މޭޔަރު މުއިއްޒުގެ ކުރު ދައުރުގައި 7 ލައްކައަށް ވުރެ ގިނަ ރުފިޔާ އެންމެ ފަސް ގައުމަށް ދަތުރުކުރުމުގައި ހޭދަކުރި!

Sep 13, 2025, 11:59 PM
މާލެ ސިޓީ

މާލެ ސިޓީގެ ކުރީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ ކުރު ދައުރުގައި 7 ލައްކައަށް ވުރެ ގިނަ ރުފިޔާ އެންމެ ފަސް ގައުމަށް ދަތުރުކުރުމުގައި ހޭދަކުރިކަން ހާމަވެއްޖެއެވެ.

Advertisement

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮންލައިން ނޫސް "ދައުރު"އިން ހޯދަން އެދުނު މައުލޫމާތުތަކެއް ހިއްސާކޮށް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދިން މައުލޫމާތު ހާމަވާ ގޮތުގައި މޭޔަރު މުއިއްޒުގެ ކުރު 2 އަހަރުގެ ދައުރުގެ ތެރޭގައި ފަސް ގައުމަކަށް އެމަނިކުފާނު ދަތުރުކުރެއްވިއިރު އެ ދަތުރުތަކުގެ ޚަރަދަށް 7 ލައްކައަށް ވުރެ ގިނަ ދިވެހި ފައިސާ ޚަރަދުކޮށްފައިވެއެވެ.

އެގޮތުން މޭޔަރު މުއިއްޒު 2021 އާއި 2022ގައި ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގެ ތަފްސީލަށް ބަލާއިރު އެމަނިކުފާނު ވަނީ:

  • ތުރުކީ (10 ސެޕްޓެމްބަރު - 17 ސެޕްޓެމްބަރު 2021)؛ 81،124.62ރ
  • ޕޯޗުގަލް (27 ޖޫން - 1 ޖުލައި 2022)؛ 273،268.10ރ
  • ދެކުނު ކޮރެއާ (9 އޮކްޓޯބަރު - 15 އޮކްޓޯބަރު 2022)؛ 35،897.76ރ
  • ސްރީލަންކާ (15 ޖުލައި - 16 ޖުލައި 2022)؛ 18،041ރ
  • ސިންގަޕޫރު (31 ޖުލައި - 3 އޮގަސްޓް 2022)؛ 352،377.84ރ ކަރަދުކޮށްފައެވެ. އެއީ ޖުމްލަ 760,709.32ރ އެވެ.

މޭަަޔަރ މުއިއްޒު ބައިވެރިވެވަޑައިނުގަންނާވާ، ހަމައެކަނި ކައުންސިލަރުން ބައިވެރިވި އިތުރު ހަތަރު ދަތުރެއް ކޮށްފައިވާ ކަމަށް ވެސް މޭލޭ ސިޓީ ކައުންސިލުން ހާމަކުރި މައުލުމާތު އެނގެން އޮތެވެ. އޭރު ކައުންސިލްގެ މެޖޯރިޓީ އޮތީ ޕީޕީއެމް، ޕީއެންސީގައެވެ. އެ ދަތުރު ތަކަށް ޖުމްލަ 316,239.02ރ ޚަރަދުކޮށްފައިވެއެވެ. އެހެންކަމުން މޭޔަރުގެ ދަތުރުފޅުތަކާ ކައުންސިލަރުންގެ ދަތުރުތައް އެއްކޮށްލުމުން ޖުމްލަ 1.08 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

ނަމަވެސް މީގެ ތެރެއިން ގިނަ ބޭފުޅުން މިއަދު ދައުލަތުގެ އެކި މަގާމުތަކުގައާ އަދި މަޖިލީހުގައިވެސް ބައެއް ބޭފުޅުން ތިއްބަވައިގެން ގެންދަވަނީ ކައުންސިލްތަކުން ބޮޑެތި ޞޭކާރު ދަތުރުތައް ތަޖުރިބާ ދަތުރުތަކުގެ ނަމުގައި ކުރަނީ ކަމަށްބުނެ ކައުންސިލްތަކުގެ ބާރުވެސް ކަނޑުވާލަން މަސައްކަތްކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved