April 22, 2026
Advertisement
ރައީސް މުއިއްޒު މެއި މަހު މީޑިއާ ފެންޑާ ހުޅުއްވައިދެއްވަނީ
ރައީސް މުއިއްޒު މެއި މަހު މީޑިއާ ފެންޑާ ހުޅުއްވައިދެއްވަނީ / ރައީސް އޮފިސް

ނޫސްވެރިންނަށް ހުޅުވާލަދިން "މީޑިޔާ ފެންޑާ" މުއިއްޒު އުވާލައިފި

Sep 15, 2025, 12:26 AM
މާލެ ސިޓީ

ރައީސް އޮފީހަށް ވަންނަ މީހުންނަށް ފާރަވެރިވުމަށާ އަދި އެ އޮފީހުން ނުކުންނަ ކަމާ ގުޅުން ހުރި މީހުންނާ ސުވާލުވެސް ކުރަން ތިބެވޭނެހެން ހުޅުވި "މީޑިޔާ ފެންޑާ" ރައީސް އޮފީހުން އުވާލައިފިއެވެ.

Advertisement

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ފެންޑާ އުވާލީ ހުއްދަ ނުހޯދައި "ނޫސްވެރިންގެ ނަމުގައި" ބަޔަކު އެތަނަށް ވަދެ އުސޫލާ ހިލާފު ކަންކަން ކުރަމުންދާތީ ކަމަށް ބުނެއެވެ.

އެތަނަށް ނޫސްވެރިން އެއްވެ އަޑުއުފުލާތީ އެތަނުގެ ބޭނުން ހިފާ ބައެއް ނޫސްވެރިން ޝަކުވާ ކުރި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް، މެއި 29، ގައި އެތަން ހުޅުވި ފަހުން މި ހަރަކާތްތަކާއި ޖެހެންދެން މީޑިއާ ފެންޑާ ހުރީ ފަޅަށެވެ. މުޒާހަރާތަކުގެ ތެރެއިން، އެތަނުގައި ނޫސްވެރިން މަސައްކަތް ވެސް ކުރި އެވެ.

މިކަން މިހެން ރައީސް އޮފީހުން ކޮށްފައި މިވަނީ، މީޑިޔާ ރެގިއުލޭޓު ކުރުމުގެ ނަމުގައި މީޑިޔާ ކޮންޓްރޯލު ކުރާ ބިލެއް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ބަލައިގަނެ، ސަރުކާރަށް މީޑިޔާ ކޮންޓްރޯލު ކުރުމަށް އަޑީގައި ތިބެގެން މަސައްކަތްކުރަމުންދާތީ އެ މީޑިޔާ ފެންޑާގައި ތިބެ ނޫސްވެރިން އިހުތިޖާޖުކޮށް، އަދި ވަޒީރުންނާ ވެސް ވަދެ ނުކުމެ ހެދުމުގައި ސުވާލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved