

މިނިވަން މީީޑިޔާ ނެތިކޮށްލަން މާދަމާ ކޮންޓްރޯލު ބިލު ފާސްކުރާއިރު އެކަމާ ދެކޮޅަށް މަޖިލިސް ދޮށަށް އެއްވާން ނިންމައިފިއެވެ.
މިކަން އިއުލާންކޮށް މޯލްޑީވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރަން މާދަމާއަށް އެޖެންޑާކުރާތީ ހެނދުނު 8:30 އަށް މަޖިލިސް ދޮށަށް އެއްވާން ނޫސްވެރިން ނިންމާފައިވާ ކަމަށެވެ. އަދި އެ އެއްވުމުގައި ބައިވެރިވާން އާންމުން ވަޑައިގެން ނޫސްވެރިންނާ އާންމުގެ އަޑުތައް ކަނޑުވާލަން ކުރާ މަސައްކަތާ ދެކޮޅަށް އަޑު އުފުލުމަށް ވަނީ އެދިފައެވެ.
ނުރައްކާތެރި ބިލު ބޭރުކޮށްލަން ގޮވާލައި ޖަމްއިއްޔާ ޖަމާއަތްތަކާއި ޒުވާނުންނަށްވެސް އެ އަޑު އުފުލުމުގައި ބައިވެރިވުމަށް ވަނީ އެމްޖޭއޭއިން އެދިފައެވެ.
މާދަމާ ކޮންޓްރޯލް ބިލު ފާސްކޮށްފިނަމަ، މިނިވަން މީޑިއާ އާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ފަހުދުވަހަށްވުން ގާތް ކަން ފާހަގަކޮށް އެމްޖޭއޭއިން ވަނީ ހުރިހާ ރައްޔިތުންވެސް އަޑު އުފުލުމުގައި ބައިވެރިވުމަށް ގޮވާލާފައެވެ.