theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ޓެކްސް ޕޭޔަރުންގެ މުސާރައިގައި ތިބެންޏާ ފާޑުކިޔާނެ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
14 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ދައުލަތުގެ މަތީ މަގާމުތަކުގައި ޓެކްސް ޕޭޔަރުންގެ މުސާރަ ހިނގާ ގޮތަށް ތިބޭކަމުގައި ވަނީ އެ ޓެކްސް ޕޭޔަރުންގެ ފާޑުކިޔުން އަމާޒުވާނެ ފަހަރު އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުންދާ ޓައުން ހޯލް ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މީޑިޔާ ރެގިއުލޭޓުކުރުމުގެ ނަމުގައި ބިލެއް ހުށަހަޅައިގެން ސަރުކާރުން އުޅެނީ ނޫސްތަކުންނާ މީޑިޔާތަކުން ވެރިންގެ ކޮރަޕްޝަންގެ ވާހަކަ އަޑު ހަރުކޮށް ދައްކަމުން ގެންދާތީ އެ އަޑު ކަނޑުވާލަން ކަމަށެވެ. އަދި ބިލުން ކުރެވެނީ ރެގިއުޅޭޓު ނޫން ކަމަށާ އެ ބިލުން ކުރެވެނީ ރައްޔިތުންގެ އަޑު ސެންސަރު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ދައުލަތުގެ މަގާމުތަކުގައި ތިބެގެން ރައްޔިތުން ހިތްހަމަ ނުޖެހޭ ކަންކަން ކުރަނީނަމަ ފާޑުކިޔާނެ ކަމަށެވެ. އަދި ރައްޔިތުންގެ ފާޑުކިޔުމާ ތުހުމަތުތަކަށް ވެރިންގެ މަގާމުގައި ތިއްބަވާ ބޭފުޅުން ދިފާއުވެވަޑައިގަންނަވަން ޖެހޭ ކަމަށޤ އެކަން މި ސަރުކާރުގެ ވެރިންނަށް ނުކުރެވޭތީ ހާމަވަނީ ރައްޔިތުން އަމާޒުކުރާ ތުހުމަތަކީ ހަގީގަތެއްކަމަށް ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ތިބެންޏާ ފާޑުކިޔާނެ. މީޑިޔާ ބިލުން ރެގިއުލޭޓެއް ނޫން ވަނީ ސެންސަރ ކުރެވެނީ. މީޑިޔާ ބިލަކީ ސަރުކާރުން ކައްކަން އުޅޭ ގަރަމް މަސާލާ ގަނޑެއް.

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވެރިންނާ ޕީއެންސީގެ މަޖިލސިް މެމްބަރުންވެސް އެންމެ ބޮޑަށް ވަކާލާތު ކުރަނީ އަބުރު ކަތިލާ ވާހަކައަށް ކަމުގައިވާއިރު ޕިއެންސީގައިވެސް ތިބީ އަބުރުގެ ވާހަކަ ދިފާއު ކުރެވޭ ހިސާބުގައި ތިބި ބައެއް ނޫން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved