
ހެންވޭރު ދެކުނު ދާއިރާގެ "އިއްޒަތްތެރި" މަޖިލިސް މެމްބަރު އިމްރާން ލަތީފު މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިފިއެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ބައްދަލުވުން ހޫނުވެ ކޮމިޓީ މެދު ކަނޑާލުމަށް ފަހު މުގައްރިރު ހުސެއިން ރިޒާ އާ އަދި ބައެއް މެމްބަރުން ކޮމިޓި ރޫމު ދުކުރައްވާ ވަޑައިގެންނެވި ފަހުން އިމްރާން މަޖިލީހުގެ ރޫމުގައި ހަރުކޮށްފައި އިން މައިކެއް ދމާ ނައްޓާ ހަލާކުކޮށްލާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.
އިމްރާން އެ އަމަލު ހިންގާ މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިންކަން ސާފުކޮށް ފެންނައިރު އެކަން ހިނގާ ދިޔަ ގޮތް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ނަމަވެސް އިމްރާން ވަނީ މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދީފައެވެ. މި މައްސަލަ މަޖިލީހުން ބަލާނެތޯ ނޫންތޯ އަދި ވަކި ޖަވާބެއް ނުލިބެއެވެ.










