June 27, 2026
Advertisement
-
- / ޓައިމްސް އޮފް އައްޑޫ

މޯލްޑިވްސް އެޑިޓާސް ގިލްޑް ކޮމިޓީގެ ރައީސްކަމުން ހިރިގާ ޒާހިރު އިސްތިއުފާދީފި

Aiminath Sarah
އައިމިނަތް ސާރާ
Sep 15, 2025, 11:12 PM
މާލެ ސިޓީ

މޯލްޑިވްސް އެޑިޓާސް ގިލްޑް ކޮމިޓީގެ ރައީސްކަމުން އަހްމަދު ޒާހިރު (ހިރިގާ ޒާހިރު) އިސްތިއުފާ ދެއްވާފިއެވެ.

Advertisement

ހިރިގާ ޒާހިރު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ކޮމިޓީގެ ގިނަ މެންބަރުން މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބުމުގެ ސަބަބުން ކޮމިޓީވަނީ "ޕެރަލައިޒް" ވެފައި ކަމަށެވެ.

ސަރުކާރުން އަޑީގައި ތިބެ ރާއްޖޭގެ މިނިވަން މީޑިއާ ނެތިކޮށްލަން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް މި ކޮމިޓީއިން އެކަމާއި ދެކޮޅަށް އެއްޗެއް ނުބުނެ އޮތުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި މި ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ދިވެހި ހުރިހާ ރައްޔިތުންގެ ދޫ ބަންދުކޮށް ރާއްޖޭގެ ހުރިހާ މީޑިއާތަކެއް ސަރުކާރުގެ ބާރު ދަށަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތް ކުށްވެރި ނުކުރާ ކޮމިޓީއެއް ލީޑް ކުރަން ހުރުމަކީ ޒާހިރު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މި ސަބަބު ތަކާއި ހުރެ މޯލްޑިވްސް އެޑިޓާސް ގިލްޑް ކޮމިޓީގެ ރައީސްކަމުން ޒާހިރު އިސްތިއިފާ ދީފައިވާއިރު ނޫސްވެރިންގެ މިނިވަންކަމުގެ ދިފާޢުގައި ޒާހިރު އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންކަން ފާހަގަވެެއެވެ.

މީގެ އިތުރުން، މީޑިއާ ކޮންޓްރޯލް ބިލަކީ ސަރުކާރުން ވަކި މަގުސަދެއްގައި ފާސްކުރުމަށް ނިންމާފައިވާ ބިލެއް ކަމަށްވެސް ޒާހިރު ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved