March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރާއްޖޭގައި ދުސްތޫރުން އުފައްދާފައިވާ އެއްވެސް މުއައްސަސާއެއް މަސައްކަތެއް ނުކުރޭ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 16, 2025, 03:47 AM
މާލެ ސިޓީ

ރާއްޖޭގައި ދުސްތޫރުން އުފައްދާފައިވާ އެއްވެސް މުއައްސަސާއެއް މަސައްކަތެއް ނުކުރާ ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެންމެ އުނދަގޫ މުއައްސަސާއަކަށް މިހާރު އޮތީ ސްޕްރީމް ކޯޓު ކަމަށާއި އެތަން އޮތީ އެއްފުށުން އަނެއް ފުށަށް ޖަހާފައި ކަމަށެވެ.

މުއިއްޒު ވިދާޅުވާ ރައުޔު އެއް ނޫނީ މިހާރު ސްޕްރީމް ކޯޓުން ނުނެރޭ ކަމަށާއި ރާއްޖޭގެ ޖުޑިޝިއަރީ ކޮރަޕްޝަނުގެ ހާއްޔަކަށް ވެފައިވާ ކަމަށް ރައީސް ޔާމީން ސިފަކުރެއްވިއެވެ.

މުއިއްޒު ނުބުނާ ރައުޔު އެއް ނޫނީ މިހާރު ސްޕްރީމް ކޯޓުން ނުނެރޭ. މިއީ ޖުޑިޝިއަރީގެ ހާލަތު މިހާރު.

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ސްޕްރީމް ކޯޓުން ނިންމާ ނިންމުންތައް ޗެލެންޖް ކުރެވޭނެ ގޮތެއް ދިވެހި ރައްޔިތުން ހޯދަން ޖެހޭ ކަމަށާއި ދެން ގާނޫނު އަސާސީ އިސްލާހު ކުރާ އިރުގައި މިފަދަ ކަންތައްތަކަށް އަހައްމިއްޔަތު ކަން ދޭން ޖެހޭ ކަމަށް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.

މިހާރު ފެނިގެން މިދަނީ ވަކި ބަޔެއްގެ އަތް މައްޗަށް ހުރިހާ ބާރެއް ދޫކޮށްލުމުން ގައުމަށް ކުރިމަތިވެފައިވާ ނިކަމެތިކަން ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މުއައްސަސާތައް އުފައްދާފައިވަނީ ވެރިކަމަށް އަންނާނީ ރަނގަޅު ކްރެޑިބަލް ބަޔެއް ކަމަށް ހީކޮށް ކަމަށާއި ނަމަވެސް މިހާރު ވެރިކަން ކުރައްވަނީ އެފަދަ ބަޔެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި މިހާރު ވެރިކަމުގައި އާއި މުއައްސަސާތަކުގެ ވެރިންނަށް ތިބީ މަގާމާއި ފައިސާގެ ދަހިވެތިކަމުގައި އުޅުއްވާ ބޭފުޅުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved