

ރައްޔިތުންގެ ފައިސާ މުސާރަ ނަގައިގެން ތިިބެ ރަސްމީ ގަޑީގައި ބޮޓުން ރައްޔިތުންނާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.
މިނިވަން މީޑިޔާ ނެތިކޮށްލާ ބިލު މަޖިލީހުން ފާސްކުރަން އުޅޭތީ ނޫސްވެރިންނާ އާންމު ރައްޔިތުން މިއަދު މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަމުން ދިޔައިރު، ރަސްމީ ގަޑީގައި ނުކުމެ ސިޔާސީ މަގާމުތަކުގައި ތިބި ޕީއެންސީގެ ބޮޓުންވަނީ ރަސްމީ މަސްއޫލިއްޔަތު އުފުލުމުގެ ބަދަލުގައި ރައްޔިތުންނާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.
އާންމުންނާ ދެކޮޅަށް މުޒާހަރާކުރަން ނުކުތީ ސަރުކާރުގެ ކުންފުނިތައް ތަމްސީލު ކުރާ ސިޔާސި މުވައްޒަފުންނާ މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން މަދު ބައެކެވެ. އެމީހުން މުޒާހަރާ ނުކުމެފައިވަނީ ރަސްމީ ގަޑިވެސް ނުނިމެނީސްއެވެ. އެހެންކަމުން ރަސްމީ ގަޑީގައި ނުކުމެ ރައްޔިތުންނާ ދެކޮޅަށް ޕީއެންސީގެ ބޮޓުން މުޒާހަރާ ކުރިއިރު އެ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގަމުންދާން ލަދު ނުގަނޭތޯ ގިނަ ބަޔަކު މީސް މީީޑިޔާގައި ސުވާލު އުފައްދާފައިވެއެވެ.
1000 އަކަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިއިރު ސަރުކާރު ދިފާއުގައި ނުކުތީ މަދު ބޮޓުންކޮޅެކެވެ. ޕީއެންސީގެ ބޮޓުން މުޒާހަރާކުރީވެސް މީގެ ކުރިން ނުސްވެރިން ގްރީން ޒޯނުގައި މުޒާހަރާ ކުރަނީ ކަމަސްބުނެ ފާޑުކިޔުމަށް ފަހު ނިކުމެ ގްރީނު ޒޯނުގައެވެ.