March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މީޑިއާ ބިލު ފާސްކުރުމަށް ސަރުކާރުން ފުލުހުން ބޭނުންކޮށްގެން ނޫސްވެރިންނަށް އަނިޔާކުރަނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 16, 2025, 11:48 PM
މާލެ ސިޓީ

މިނިވަން މީޑިއާ ނެެތިކޮށްލާ ބިލު މިއަދު ފާސްކުރުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެކަމާއި ދެކޮޅަށް ނޫސްވެރިން ކުރަމުންދާ މުޒާހަރާ ރޫޅާލުމަށް ނޫސްވެރިންނަށް އަނިޔާ ކުރަން ފަށައިފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ޕޯސްޓްތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީފަ އެވެ. އަދި ބައެއް ނޫސްވެރިންގެ ހަށިގަނޑުން ލޭ އޮހޮރުވާލައިފައިވެއެވެ.

ފުލުހުންގެ ބާރުގެ ބޭނުންކޮށްގެން ނޫސްވެރިން ތިބި ހިސާބަށް ވުރެ ފަހަތަށް ޖެއްސި ނަމަވެސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން މަޖިލިސް ކައިރި މުޒާހަރާ ކުރަމުން ދާއިރު އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ ގަދަބާރުން ނޫސްވެރިން އެ ސަރަހައްދުން ބޭރު ކުރަމުންކަން ފާހަގަވެއެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފައިވާ ކަމަށްވެސް ނޫސްވެރިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށް ފާސް ކުރަން މަސައްކަތް ކުރާ ބިލު ފާސް ކުރުމަށް މިއަދު 4:00 ޖަހާއިރަށް ވަނީ ޖަލްސާއެއް ތާވަލުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved