theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ނޫސްވެރިންނަށް އަނިޔާކުރުމަށް ފަހު، ސަރުކާރުން މަޖިލީހުގެ ނައިބު ރައީސް ބައިންދައިގެން މީޑިޔާ ކޮންޓްރޯލު ބިލު ފާސްކޮށްފި
16 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ނޫސްވެރިންނަށް އަނިޔާކުރުމަށް ފަހު، ސަރުކާރުން މަޖިލީހުގެ ނައިބު ރައީސް ބައިދައިގެން މީޑިޔާ ކޮންޓްރޯލު ބިލު ފާސްކޮށްފިއެވެ.

ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލިޙުން މިނިވަން މީޑިޔާ ނެތިކޮށްލާ ބިލެއް ބަލައިގަނެ އަވަސް އަރުވާލައިގެން ފާސްކުރީ ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންގުމާ އިރުޝާދާ ލަފާގެ މަތިން ކަމަށް އެ މެމްބަރުން ވަނީ ކުރިން ހާމަކޮށްފައެވެ.

ނަމަވެސް މި ބިލާ މެދު ހިތާ ރުހުމުން ޕީއެންސީގެ ގިނަ މެމްބަރުންވެސް ދެކޮޅުއިރު ގޮނޑީގެ ދިފާއުގައި ބިލާ އެއްކޮޅަށް ވޯޓުދިނުން ނޫން ގޮތެއް ނެތް ކަމަށް އެ މެމްބަރުން ބުނެފައިވާ ކަމަށްވެސް އަޑުތައް ފެތުރިފައިވެއެވެ.

ބިލުގެ ދިރާސާވެސް ނިންމާލީ ނޫސްވެރިންގެ ޕެޓިޝަނަށްވެސް ރިއާޔަތްކުރުމެއް ނެތިއެވެ. އަދި މަޖިލިސް ކޮމިޓިއިން އެއް ފަހަރު ބިލު ދިރާސާކޮށް ނިންމިކަން އިއުލާންކުރުމަށް ފަހު އަނެއްކާ ޖެހިގެން އައި ދުވަހު ބިލުގެ ދިރާސާ މަސައްކަތް ކުރަން ކަމަށް ބުނެ ކޮމިޓީ ބައްދަލުވުމެއް ބޭއްވިއެވެ. އެހެންކަމުން ޕީއެންސީ މެމްބަރުންނަށްވެސް ބާނުވާ ނޭނގި ތިބެ ބިލު މަޖިލީހުން ފާސްކުރީ އަމިއްލަ ފަޔަށް ބަޑި ޖަހާ ފާސްކުރި ގޮނޑި ގެއްލޭ ބިލުގެ ބިރަށް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި ބިލު މި ފަސްކުރީ ގިނަ އަދަދެއްގެ ނޫސްވެރިން ދެކޮޅު ހަދަހަދާ އޮއްވައެވެ. ނޫސްވެރިން ހާމަކުރާ ގޮތުގައި ދެން ސަރުކާރަށް ޖެހޭނީ ޑެމޭޖު ކޮންޓްރޯލު ކުރަންށެވެ.

ބިލު ފާސްކުރަން 60 މެންބަރުން ވޯޓުދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ. އެއީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ. ބިލު ފާސްކުރަން ޖަލްސާ ފެށުމާ އެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އިހުތިޖާޖު ކުރަން ފެށުމުން ނަން އިއްވާ ވަނީ މަޖިލީހުން ބޭރުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved