April 27, 2026
Advertisement
ޑރ. ޖަމީލު ޗެނަލް13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޗެނަލް13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

މުއިއްޒުގެ ދަރިފަސްކޮޅަށްވެސް ދިވެހި ރައްޔިތުން މައާފެއް ނުކުރާނެ: ޑރ. ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 18, 2025, 03:53 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިފަސްކޮޅަށްވެސް ދިވެހި ރައްޔިތުން މައާފް ނުކުރާނެ ކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމުގެ ދައުރު ނިމުމުން މުއިއްޒުވެސް ވާނީ އާންމު ރައްޔިތަކަށް ކަމަށާއި އެހެންކަމުން ރައްޔިތުންގެ އިހުސާސްތައް އައްސަވާ ބޮޑާނުވުމަށެވެ.

މީޑިއާތަކުގެ މިނިވަންކަމަށް ހަނިވާ ގޮތަށް އަންގާރަ ދުވަހު ފާސްކުރެވުނު ބިލާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ މި ބިލުގެ ސަބަބުން މިނިވަންކަން ގެއްލެނީ ހަމައެކަނީ މީޑިއާތަކާއި ނޫސްވެރިންނަށް ނޫން ކަމަށާއި މުޅި ދިވެހި ރައްޔިތުންގެ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް މިއިން އަސަރު ކުރާ ކަމަށެވެ.

-
-

މީގެ އިތުރުން، ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަންގަވައިގެން ދިވެހިންނަށް ނިކަމެތިކަން ލިބޭ ފަދަ ބިލުތައް ފާސްކޮށް ރައްޔިތުންގެ ނިކަމެތިކަން ހާމަކޮށް ބޮޑާ ނުވުމަށްވެސް ޑރ ޖަމީލް ވަނީ ރައީސް މުއިއްޒަށް ނަސޭހަތްތެރިވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved