March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 18, 2025, 03:53 AM
މާލެ ސިޓީ

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހު ނަގަން ބޭނުންފުޅުވާކަން ރައީސް މިއަދު އިއުލާން ކުރައްވައިފި އެވެ.

Advertisement

ރައީސް މުއިއްޒުގެ ޕޮޑްކާސްޓް ޝޯގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލެއްގެ ގޮތުގައި އުފެދިފައިވާ ގޮތަށް ބަދަލު ގެންނަން އައްޑޫ މީހުން ބޭނުންވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުގައި ވެސް އެކަން އައިސްފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ވަކި ރަށްތަކެއްގެ ގޮތަށް ކައުންސިލް އުފެދިގެން ވަކި ކައުންސިލްތަކެއްގެ ގޮތުގައި އުފެދިން އަންނަންތޯ ނުވަތަ ނޫންތޯ މި އަހަނީ. ހިތަދޫގައި، ހިތަދޫ ކައުންސިލް، ހިތަދޫ ސިޓީ ކައުންސިލް ގޮތަށްތޯ؟

މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން އެތަކެއް ވައުދުތަކެއް ވެ އެއްވެސް ވައުދުތަކެއް ފުއްދަން މަސައްކަތް ކުރައްވާތަން ނުފެނެއެވެ.

ގާނޫނުތަކަށް ބޮޑެތި އިސްލާހުތައް ގެންނަވާ މުއިއްޒު ބޭނުންފުޅުވާ ބަދަލުތައް ގެންނެވުމަށް ބޮޑެތި މަސައްކަތްތައް އަންނަނީ ކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved