theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ހަބަރު
ދިވެހި ސަރުކާރުން މިނިވަން މީޑިއާ ނެތިކޮށްލި ޚަބަރު ބައިނަލްއަގްވާމީ މީޑިއާތަކުގައި!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
18 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މީޑިއާތަކުގެ މިނިވަންކަން ހަނިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 60 މެންބަރުންގެ ސޮއި އެކު ފާސްކުރި ބިލު ރައީސް މުއިއްޒު ތަސްދީގުކުރެއްވުމާއި ގުޅިގެން ރާއްޖޭގައި މީޑިއާތަކުގެ މިނިވަންކަން ނަގާލާފައިވާ ކަމުގެ ޚަބަރުތައް ބައިނަލްއަގްވާމީ އެކި މީޑިއާ ޕްލެޓްފޯމްތަކުގައި ރިޕޯޓްކޮށްފިއެވެ.

މި ބިލު ފާސްކުރުމާއި ގުޅިގެން އެމެރިކާގެ އެމްބަސީއިންވެސް ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

މީގެ އިތުރުން، "ނެކްސް ނޭޝަން ޓު ފޯލް" ގެ ގޮތުގައި ބައިނަލްއަގްވާމީ މީޑިއާތަކުގައި ދިވެހިރާއްޖެ އަންނަނީ ސިފަކުރަމުންނެވެ.

މުޅި މި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށްވާތީ، އެ ބިލު ވަގުތުން ބޭރު ކުރަން ވަރަށް ގިނަ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލާ ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

އަދި ބިލާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ނޫސްވެރިން ދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.

ދިވެހިރާއްޖެއަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަބަދުވެސް ލޯބި ކުރަމުން އައި ގައުމަކަށްވާއިރު، ސިޔާސީ ބޭނުންތަކަށް ދިވެހިރައްޔިތުންގެ ދޫ ބަންދުކުރުމަށް ސަރުކާރުން އަވަސްއަރުވާލައިގެން ނިންމެވި ނިންމެވުމާއި ދެކޮޅަށް ނޫސްވެރިންގެ އިތުރުން އާންމުންވެސް އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved